ކްރިމިނަލް ކޯޓު--
ހަބަރު
13 Jul 2024 | 11:04
ގްރޫޕް މާރާމާރީއަކާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފި

މާލޭގައި ގްރޫޕް މާރާމާރީއެއް ހިންގި މައްސަލައަކާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރާއި 24 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދުގެ ގޮތުގައި އެކަކު ތަހުގީގު ނިމެންދެން އަދި ދެންތިބި މީހުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

އެމީހުން ބަންދުކުރުމަށް ނެރުނު ކޯޓު އަމުރުގައި، އެމީހުންގެ މައްޗަށް ކުރަނީ، ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގެ ބަންދު އަޑުއެހުމުގައި މައްސަލައިގެ ސީސީޓީވީ ފުޓޭޖާއި މާރާމާރީގައި އަނިޔާ ލިބުނު މީހާގެ ފޮޓޯތަކާއި ގުޅުންހުރި އެހެން ލިޔެކިޔުންތައް ވެސް ފުލުހުން ހުށަހަޅާފައިވާއިރު، މިކަންކަމަށް ރިއާޔަތްކޮށް މައްސަލަ ބެއްލެވި ގާޒީ ވަނީ ތުހުމަތެއް ވުޖޫދުވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Jun 2026
ބީއެމްއެލް އިން ޑޮލަރު އިންވެސްޓްމަންޓް ޕޫލް ތަޢާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ފީގެ ގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް ޑޮލަރުން އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައި 25 ޕަސެންޓާ ހަމައަށް ރުފިޔާ އިން ފައިދާ ލިބޭ ނިޒާމެއް ތަޢާރަފްކޮށްފިއެވެ.
30 Jun 2026
ހިމަބިހި ހަލުވިކަމާއެކު ފެތުރެނީ؛ ނިމުނު ހަފްތާ އެކަނިވެސް 44 ކޭސް
އެޗްޕީއޭއިން މިއަދު ބުނީ، މިއަހަރު މިހާތަނަށް ޖުމުލަ 66 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
30 Jun 2026
އިމްތިޙާނު ހޯލަށް ވަނުމުގެ ކުރިން ވިސްނުން ބަހައްޓަންވީ ކޮންކަމަކަށް؟
އިމްތިޙާނުގެ ކާމިޔާބީއަކީ ހަމައެކަނި ފިލާވަޅު ދަސްކުރުން އެކަންޏެއް ނޫނެވެ. އެއީ ސިކުނޑިއާއި، ހަށިގަނޑާއި، ހިތް އެކަމަށް ތައްޔާރުކުރުމެވެ
30 Jun 2026
ޕެރަގުއޭގެ ތާރީޚީ މޮޅާއެކު ބަންދު ދުވަހެއް
ވޯލްޑް ކަޕްގައި ޕެނެލްޓީ ޝޫޓްއައުޓުން ޖަރުމަނު ބަލިކޮށް ޕެރަގުއޭ ކުއާޓާ ފައިނަލަށް ދިއުމާ ގުޅިގެން އެޤައުމުގެ ރައީސް ޖޫން 30 ވަނަ ދުވަސް ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި އިޢުލާނުކުރައްވައިފި.
30 Jun 2026
ވޯލްޑް ކަޕްގައި ހީޓް ޑޯމް ނުރައްކަލަކަށް
އެމެރިކާގެ މެދުތެރެއާއި އިރުމަތީގައި ހޫނުގެ ރާޅު ކުރިއަށްދާއިރު ވޯލްޑް ކަޕް މެޗުތަކަށް ނުރައްކާ ކުރިމަތިވެއެވެ. ފީފާއިން ކޮންމެ ހާފެއްގައި ތިން މިނެޓުގެ ހައިޑްރޭޝަން ބްރޭކު ލާޒިމްކޮށްފައިވެއެވެ.
30 Jun 2026
ފްރާންސުން ފާސްޓް ފެޝަން ޖޫރިމަނާ ކުރަނީ
ޝީން ޓީމޫ އެލިއެކްސްޕްރެސް ފަދަ އޮންލައިން ފާސްޓް ފެޝަން ކުންފުނިތަކުން ކޮންމެ ޕްރޮޑަކްޓަކަށް 10 ޔޫރޯއާ ހަމައަށް ޖޫރިމަނާ ދައްކަން ޖެހޭނެ ޤާނޫނެއް ފްރާންސް ސެނެޓުން ފާސްކޮށް އިޝްތިހާރު ކުރުން މަނާކޮށްފި
30 Jun 2026
މައްޗަންގޯޅި ގެއެއްގައި އަލިފާނުގެ ހާދިސާއެއް
އެމްއެންޑީއެފުން ބުނީ، ރޯވީ އެގޭގެ ބަދިގެއާ ސިޓިންރޫމް ހިމެނޭ ބައިގައިހުރި ކަބަޑެއްގެ ތިރީގައި ކަމަށެވެ.
30 Jun 2026
މޮރޯކޯއިން ނެދަލޭންޑްސްގެ މައްޗަށް ކުރި ހޯދައި ގަދަ 16 އަށް
މުބާރާތުގައި މޮރޯކޯ ދެން ނިކުންނާނީ، އަންނަ ހޮނިހިރުދުވަހު، ކެނެޑާ އާ ދެކޮޅަށެވެ.