24 Feb 2023
ރިޒާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން އިސްލާމީ މަރުކަޒުގައި
މިމަހު 22 ވަނަ ދުވަހުގެރޭ ދަންވަރު މެލޭޝިޔާގައި އަވަހާރަވި ރައްޔިތުން މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިއަދު ހުކުރު ނަމާދަށް ފަހު މާލޭ މަސްޖިދު އަލް ސުލްޠާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައި ބާއްވަން ނިންމައިފިއެވެ.