އިސްކަންދަރު ކޮށީފައި ކުރިއަށް ދިޔަ މީޑިއާ ބްރީފިންގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދެނީ-- ފޮޓޯ: އަދަދު
ހަބަރު
14 Nov 2022 | 22:40
ހައްޔަރުކުރި މީހުން އުޅުނީ އައިއެސް އާއި ގުޅިގެން ގިނަބަޔަކު މަރާލަން: ފުލުހުން

އައްޑުއާއި މާލެއާއި ކ. ގުރައިދޫގައި ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން ރާވަމުންދިޔައީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާއި ގުޅިގެން ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލަން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

ޓެރަރިޒަމާއި ދެކޮޅަށް މާލެސިޓިއާއި އައްޑޫ ސިޓީ އަދި ކ.ގުރައިދޫގައި ފުލުހުންނާއި ސިފައިން ދާދިފަހުން ހިންގި އޮޕަރޭޝަނެއްގައި 14 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އަދި ފުލުހުންގެ މި އޮޕަރޭޝަނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޓެރަރިޒަމް އެންޑް ވަޔަލަންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދު ވިދާޅުވީ، ހައްޔަރުކުރި މީހުންނަކީ ޓެރަރިސްޓު ޖަމާޢަތެއްކަމަށްވާ އައިއެސް ޖަމާއަތާއި ގުޅިގެން، ޓެރަރިޒަމް ހަމަލާތަކެއް ދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލުމަށް މަސައްކަތްކުރި ބައެއްކަމަށެވެ.

"މިފަރާތްތަކުން ރާވަމުން ދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަން ފާހަގަކުރެވިފައިވޭ،" އުސްވަތު ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުން ތިން ސަރަހައްދަކުން މީހުން ހައްޔަރު ކޮށްފައި ވީ ނަމަވެސް އެ އެންމެންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ފިރިހެނުން ކަމަށް އުސްވަތު ފާހަގަކުރައްވާފައިވެއެވެ.

އަދި މި އޮޕްރޭޝަންގެ ތެރެއިން އައްޑޫއިން 10 މީހުން ހައްޔަރުކޮށް 11 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށާއި، މާލެއިން 2 މީހުން ހައްޔަރުކޮށް 4 ގެއެއް ބަލައި ފާސްކޮށްފައިވާކަމަށާއި، ކ.ގުރައިދޫއިން 2 މީހުން ހައްޔަރުކުރިކަމަށް އުސްވަތު ވިދާޅުވިއެވެ. 

މީގެ އިތުރުން އުސްވަތު ވިދާޅުވީ ހައްޔަރުކުރި 14 މީހުންގެ ތެރެއިން 9 މީހުންނަކީ ޓެރަރިޒަމްގެ މައްސަލައިގެ ރެކޯޑް އޮތް މީހުންކަމަށާ، އެމީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.

އުސްވަތު ވިދާޅުވީ މިހާތަނަށް ތަހުގީގަށް އެނގިފައިވާގޮތުގައި މިއީ ގޮވާ ތަކެތި ބޭނުންކޮށް ގިނަބައެއްގެ ފުރާނައަށް ގެއްލުން ދިނުމަށް ރާވަމުންދިޔަ ބައެއްކަމަށެވެ. އެގޮތުން ހަމަލާ ދިނުމަށްޓަކައި ބޭނުންކުރަން ތައްޔާރުކުރަމުން ދިޔަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށާއި އޭގެ ތެރޭގައި ބޮމުގެ ހަމާލާއެއް ދިނުމުގެ ބައެއް ސާމާނުކަމަށް ބެލެވޭ ތަކެތި ވެސް ހިމެނޭ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް އެ ހަމަލާދޭން އުޅުނީ ކޮން ތަނަކަށް ނޫނީ ސީދާ ވަކި ބަޔަކަށް އަމާޒުކޮށްގެންތޯ ވެސް މި ވަގުތު ހާމަކުރެވެން ނެތް ކަމަށް އުސްވަތު ވިދާޅުވި އެވެ.

"އެކަމަކު އެ ހަމަލާ ކާމިޔާބުވި ނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑު. އެހެންވެ އަޅުގަނޑުމެން މި އޮޕަރޭޝަން ޑިސްރަޕްޓިވް އޮޕަރޭޝަނެއްގެ ގޮތުގަ ކުރިއަށް ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.