16 May 2024
ސައުދީގެ އެހީގައި ރާއްޖޭގައި 3 ހޮސްޕިޓަލް އަޅަނީ
މިއަދު ފިނޭންސް މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި، ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އެ ފަންޑުން 50 މިލިއަން ޑޮލަރު ފޯރުކޮށްދޭން ވަނީ ހަމަޖެހިފައެވެ. އަދި މި ލޯނުގެ އެހީގައި ރާއްޖޭގައި 150 އެނދުގެ 3 ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ.