14 Apr 2026
ސައުދީން މައްކާއަށް ވަނުމުގެ ގަވާއިދުތައް ހަރުކަށިކޮށް، އުމްރާ ވިސާ މެދުކަނޑާލައިފި
އައު ގަވާއިދުތަކުގެ ދަށުން، މައްކާއަށް ވަދެވޭނީ ހަމައެކަނި ސައްހަ ހައްޖު ހުއްދައެއް އޮތް މީހުންނަށާއި، މައްކާގައި ވަޒީފާ އަދާކުރުމުގެ ނުވަތަ ދިރިއުޅުމުގެ ރަސްމީ ހުއްދަ އޮތް ފަރާތްތަކަށް އެކަންޏެވެ. ޓޫރިސްޓް ވިސާ ނުވަތަ އުމްރާ ވިސާ ހިމެނޭހެން އެހެން އެއްވެސް ބާވަތެއްގެ ވިސާއެއްގައި މި މުއްދަތުގައި މައްކާއަށް ވަނުން ވަނީ މަނާކޮށްފައެވެ. މިކަން ކަށަވަރުކުރުމަށްޓަކައި މައްކާއަށް ވަންނަ މައިގަނޑު ހުރިހާ މަގުތަކެއްގެ ސަލާމަތީ ޗެކްޕޮއިންޓުތައް ވަނީ ވަރުގަދަކޮށްފައެވެ.