ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
16 Sep 2026 | 15:45
މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ، ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

މުސްލިމުންގެ އެންމެ މުގައްދަސު މިސްކިތްކޮޅު ހުރި މައްކާގެ މާތް ބިމަށް ދޭން އުޅުނު ހަމަލާ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.

އެ ހަމަލާ ކުށްވެރި ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުސްލިމުންގެ މަތިވެރި ހަރަމްފުޅު ހުރި މަައްކާއަށް އަމާޒު ކުރެވޭ ނުރައްކާތެރި ކޮންމެ ހަމަލާ އަކީ އަދި ކޮންމެ އަމަލަކީ މުޅި މުސްލިމު އުންމަތާއި ދެކޮޅު އަމަލެއް ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ބަލައިނުގަނެވޭނެ ކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ މައްކާއާ އެ ސިޓީގައި އުމްރާގެ އަޅުކަމަށް ގޮސް ތިބި މީހުންނާއި މައްކާ ސިޓީގެ އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސައުދީގެ އެއާ ޑިފެންސް ފޯސްއިން ދިން އަވަސް އަދި ރައްދު ހަމަލާތަކަށް ތައުރީފު ކުރައްވާފަ އެވެ. ރާއްޖެ އޮތީ ސައުދީގެ ރައްޔިތުންނާއެކު ކަމުގައި ވެސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ މެސެޖުގައި ނިރުބަވެރި މިފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލެއްވި އެވެ. އަދި ހާލަތު ގޯސްނުކޮށް މަޝްވަރާއިން ސުލްހައާ ހައްލު ހޯދުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

ސަޢޫދީ ޢަރަބިއްޔާއިން މި ޙާދިސާ ސިފަކޮށްފައިވަނީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައެވެ. އެ ޤައުމުން ބުނީ މައްކާއަށް އަމާޒުކުރި މިއީ ދެވަނަ ފަހަރު ކަމަށެވެ. ފުރަތަމަ ފަހަރު ބެލިސްޓިކް މިސައިލަކުން 2017 ވަނަ އަހަރުގެ ޖުލައި 27 ގައި މައްކާއަށް ހަމަލާ ދޭން މަސައްކަތްކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.

ހޫތީންގެ ސިޔާސީ ބިއުރޯގެ މެންބަރު ޙިޒާމް އަލް އަސަދު ވަނީ ރިޔާޛުން ކުރާ ތުހުމަތު ސިފަކޮށްފައިވަނީ ބޮޑު ދޮގެއް ކަމުގައެވެ. މައްކާގެ ވައިގެ ސަރަޙައްދާ ދިމާއަށް ހޫތީންގެ ޑްރޯންއެއް ދަތުރުކުރި ކަމަށް ސަޢޫދީން ބުނެފައިވެއެވެ.

"މާތް ވެގެންވާ މައްކާއަށް އަމާޒުކުރި ކަމުގެ ދަޢުވާއަކީ ކުރިންވެސް ދައްކާފައިވާ މިހާރު އެއްވެސް މީހަކު ނުހެއްލޭ ފަދަ ދޮގެއް" ކަމަށް އަލް އަސަދު ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި
ޑިޖިޓަލް ވެށީގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތުގައި މިއީ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ
16 Sep 2026
މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ، ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި
ސައުދީގެ އެއާ ޑިފެންސް ފޯސްއިން ދިން އަވަސް އަދި ރައްދު ހަމަލާތަކަށް ތައުރީފު ކުރައްވާފަ އެވެ. ރާއްޖެ އޮތީ ސައުދީގެ ރައްޔިތުންނާއެކު ކަމުގައި ވެސް ވިދާޅުވި އެވެ.
16 Sep 2026
ޗައިނާއާ ރާއްޖޭގެ އިޤުތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާކޮށްފި
ޗައިނާއިން ވަޑައިގަތް ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ، ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ބައިނަލްއަޤުވާމީ ގޮފީގެ ދެކުނު އިރުމައްޗާއި ދެކުނު އޭޝިއާ ކަންކަމާ ބެހޭ ބިއުރޯގެ ޑައިރެކްޓާ ޖެނެރަލް ޕެންގް ޒިއުބިން
16 Sep 2026
ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި ކަރަންޓް ދީފި
އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ ކޮންޓެކްޓް ސެންޓާ 1545 އަށް ގުޅުމަށްވަނީ އެދިފަ އެވެ.
16 Sep 2026
ފަހު ވަގުތު އެސްޕީ ޖެހި ލަނޑުން ރެއާލް މެޑްރިޑަށް މުހިންމު މޮޅެއް
މުޅި މެޗުގައިވެސް ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ވިނީޝިއަސް ޖޫނިއަރ އާއި އެމްބާޕޭއަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނުކަން ފާހަގަކުރެވެއެވެ.
16 Sep 2026
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
16 Sep 2026
އިނގިރޭސި ލީގްކަޕް؛ ލިވަޕޫލް އަތުން ބަލިވެ، މުބާރާތުން ސްޕާސް އަލްވަދާއު ކިޔައިފި
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ
16 Sep 2026
ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.