ދިވެހި ފައިސާގެ ނޫޓުތަކެއް
ހަބަރު
16 Sep 2026 | 16:41
ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި

ދަ ޔުނިކޯޑް ކޮންސޯޓިއަމް އިން ނެރުނު ޔުނިކޯޑް ސްޓޭންޑަރޑްގެ 18 ވަނަ ވަރޝަނުގައި ދިވެހި ރުފިޔާގެ ނިޝާނަށް ޚާއްޞަ ކޯޑް ޕޮއިންޓެއް ކަނޑައަޅައިފިއެވެ.

މި ސްޓޭންޑަރޑް ނެރެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ދިވެހި ރުފިޔާގެ ނިޝާނަށް ކަނޑައެޅި ކޯޑް ޕޮއިންޓަކީ U+20C2 އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 2022 ވަނަ އަހަރު ތަޢާރަފުކުރި މި ނިޝާން ބައިނަލްއަޤުވާމީ ޔުނިކޯޑް ސްޓޭންޑަރޑެއްގައި ހިމެނުމާ އެކު ވެބްސައިޓްތަކާއި މޯބައިލް އެޕްތަކުގެ އިތުރުން ތަފާތު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި އެއް މިންގަނޑަކުން އެ ނިޝާން ބޭނުންކުރެވޭނެ މަގު ފަހިވެފައިވެއެވެ.

އެމްއެމްއޭއިން ވަނީ މި ކާމިޔާބީ ހާސިލުކުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެވެ.

ޑިޖިޓަލް ވެށީގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތުގައި މިއީ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ވިއްސާރާގައި ފެންބޮޑުވެ އިނގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް
ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުގައި ފެންބޮޑުވެ ގިނަ ގެތަކާއި މުއައްސަސާތަކަށް ގެއްލުން ލިބިފައިވާއިރު، ކައުންސިލުން ވަނީ އެންޑީއެމްއޭގެ އެހީއަށް އެދިފައެވެ.
16 Sep 2026
ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ރަސްމީކޮށް ހިމަނައިފި
ޑިޖިޓަލް ވެށީގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތުގައި މިއީ މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ
16 Sep 2026
މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ، ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި
ސައުދީގެ އެއާ ޑިފެންސް ފޯސްއިން ދިން އަވަސް އަދި ރައްދު ހަމަލާތަކަށް ތައުރީފު ކުރައްވާފަ އެވެ. ރާއްޖެ އޮތީ ސައުދީގެ ރައްޔިތުންނާއެކު ކަމުގައި ވެސް ވިދާޅުވި އެވެ.
16 Sep 2026
ޗައިނާއާ ރާއްޖޭގެ އިޤުތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާކޮށްފި
ޗައިނާއިން ވަޑައިގަތް ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ، ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ބައިނަލްއަޤުވާމީ ގޮފީގެ ދެކުނު އިރުމައްޗާއި ދެކުނު އޭޝިއާ ކަންކަމާ ބެހޭ ބިއުރޯގެ ޑައިރެކްޓާ ޖެނެރަލް ޕެންގް ޒިއުބިން
16 Sep 2026
ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި ކަރަންޓް ދީފި
އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ ކޮންޓެކްޓް ސެންޓާ 1545 އަށް ގުޅުމަށްވަނީ އެދިފަ އެވެ.
16 Sep 2026
ފަހު ވަގުތު އެސްޕީ ޖެހި ލަނޑުން ރެއާލް މެޑްރިޑަށް މުހިންމު މޮޅެއް
މުޅި މެޗުގައިވެސް ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ވިނީޝިއަސް ޖޫނިއަރ އާއި އެމްބާޕޭއަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނުކަން ފާހަގަކުރެވެއެވެ.
16 Sep 2026
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
16 Sep 2026
އިނގިރޭސި ލީގްކަޕް؛ ލިވަޕޫލް އަތުން ބަލިވެ، މުބާރާތުން ސްޕާސް އަލްވަދާއު ކިޔައިފި
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ