ފޮޓޯ: ރ.އިނގުރައިދޫ ކައުންސިލް
ހަބަރު
16 Sep 2026 | 17:14
މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ އިނގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ ގެދޮރަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ވޭތުވެދިޔަ ދެ ދުވަހުވެސް އެ ރަށަށް ވިއްސާރަކޮށްފައިވާއިރު، ޙާލަތު އެންމެ ބޮޑަށް ގޯސްވެފައިވަނީ މިއަދު ފަތިހުން ފެށިގެން މެދުކެނޑުމެއްނެތި ކުރަމުންދާ ވިއްސާރާގައެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގެ މަގުތަކުގައި ފެންބޮޑުވެ ގިނަ ގެތަކަށް ވަނީ ފެންވަދެފައެވެ.

މަގުތަކުގަޔާއި ގޭބިސީތަކުގެ އިތުރުން ސަރުކާރުގެ އިދާރާތަކުގައި ފެންބޮޑުވެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިކަމުގެ ސަބަބުން ދަތުރުފަތުރުކުރުމަށާއި، މިސްކިތްތަކާއި އެހެނިހެން ތަންތަނަށް ދިއުމަށް ދަތިވެ، ޢާންމުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.

އިނގުރައިދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން، ރަށުގެ އެކި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ފެންހިންދުމާއި ގެއްލުން ކުޑަކުރުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ.

އެގޮތުން މަގުތަކުގައި ޖަމާވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި 4 ޕަންޕު ބޭނުންކޮށްގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާއިރު، ފެންވަންނަމުންދިޔަ އަދި ފެންވަނުމުގެ ނުރައްކާ އޮތް 15 ގެއެއްގެ ދޮރޯށިތަކުގައި ވެލިބަސްތާ ޖަހައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ.

 ރައްކާތެރިވުމުގެ ގޮތުން ވެލިބަސްތާ ޖެހުން..

ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުން އިތުރަށް ގޯސްވެ، ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ، އިތުރު ގެތަކަށް ފެންވަދެ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ ކަންބޮޑުވުން އެބައޮތެވެ.

އެހެންކަމުން، މި ޙާލަތުން އަރައިގަތުމަށްޓަކައި އިތުރު ފެންހިންދާ ޕަންޕާއި، ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އަވަސް އެހީތެރިކަމަށް މިވަގުތު ބޭނުންވާކަމަށް އިނގުރައިދޫ ކައުންސިލުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟