ސައުދީ އަރަބިއާ
06 May 2024
ސަޢުދީ އަމީރު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ސަޢުދީ ޢަރަބިއްޔާގެ އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، ރައީސް ޑރ.މުޢިއްޒު ވަނީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނާއި ވަލީޢަހުދުއަށް ވަކިވަކިން ތަޢުޒިޔާގެ މެސެޖުތަކެއް ފޮނުއްވާފައެވެ. އަދި މި މެސެޖުތަކުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވެފައިވަނީ، އަމީރު ބަދްރު ބިން ޢަބްދުލް މުޙްސިން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާ އެކު ކަމަށެވެ.
04 May 2024
ގަވާއިދާ ހިލާފަށް ހައްޖަށްދާ މީހުން މަދުކުރަން އާ ފިޔަވަޅުތަކެއް
ގަވާއިދާ ހިލާފަށް ހައްޖަށްދާ މީހުން މަދުކުރުމަށް ސައުދީ އަރަބިއާގެ ސަރުކާރުން އާ ފިޔަވަޅުތަކެއް ތައާރަފްކޮށްފިއެވެ.
28 Apr 2024
ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޒަމީރު ސައުދީއަށް
ސައުދި އަރަބިއްޔާގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ފުރާވަޑައިގެންފިއެވެ.
16 Apr 2024
އީރާނުގެ ހަމަލާގައި ސައުދީގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފި
އީރާނުން އިސްރާއީލަށް ދިން ޑްރޯން އާއި ރޮކެޓް ހަމަލާގައި ސައުދީ އަރަބިއާގެ ބައިވެރިވުން އޮތް ކަމަށް ބުނާ ވާހަކަތައް އެ ގައުމުން ދޮގުކޮށްފިއެވެ.
08 Apr 2024
ސައުދީން ހަދިޔާކުރި ކަދުރު މިއަދު ބަހަނީ!
މި އަހަރުގެ ރަމަޟާން މަހު ސަޢުދީ އަރަބިއްޔާއިން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
06 Apr 2024
ރޭގައި މަސްޖިދުލް ޙަރަމްގައި ރޭއަޅުކަން ކުރުމަށް 2.5 މިލިއަން މީހުން!
ރޭ އަޅުކަން ކުރުމަށްޓަކައި ރޭގައި މައްކާގެ މަސްޖިދުލް ހަރަމަށް 2.5 މިލިއަން މީހުން އެއްވެއްޖެއެވެ.
21 Mar 2024
ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި
ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރު ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
10 Mar 2024
ސައުދީ އަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ!
ކަލަންޑަރުގައިވާ ގޮތުން މިއަހަރު ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ.
25 Feb 2024
ހުއްދައެއް ނެތި ހައްޖަށްދާ ފަރާތްތަކުން 50،000 ރިޔާލުން ޖޫރިމަނާ ކުރަނީ
ކަމާބެހޭ އެއްވެސް ފަރާތެއްގެ ހުއްދައެއް ނެތި ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކުން 50،000 ރިޔާލުން ޖޫރިމަނާ ކުރުމަށް ސައުދީ އަރަބިއާ އިން ނިންމައިފިއެވެ.
19 Feb 2024
ސައުދީ ލީގު ޓޮޕް ސްކޯރާގެ މަގާމު ހޯދާނީ ކޮން ކުޅުންތެރިއެއް؟
ސައުދީ ޕްރޮފެޝަނަލް ލީގަކީ ފާއިތުވެދިޔަ 2023 ވަނަ އަހަރުގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ލީގެވެ. އަދި މިވަގުތު އޭޝިއާގެ އެންމެ ވަރުގަދަ ލީގަކީ ވެސް ސައުދީ ލީގެވެ.