ހައްޖުވެރިން މިނާގައި-- ފޮޓޯ: އޭޕީ
ދުނިޔެ
20 Jun 2024 | 13:20
ހޫނު ގަދަވުމާއި ގުޅިގެން ނިޔާވި ހައްޖުވެރިންގެ އަދަދު 200 އަށް އަރައިފި!

މި އަހަރުގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއާ އަށް އިންތިހާ އަށް ހޫނު ގަދަވުމުގެ ސަބަބުން ނިޔާވި ހައްޖުވެރިންގެ އަދަދު 200 އަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއަހަރުގެ ހައްޖު މޫސުން ހޫނު ގަދަވާނެ ކަމަށް ސައުދީ ސަރުކާރުން މީގެ ކުރިން ބުނެފައިވާއިރު، ހޫނު ގަދަވުމުގެ ސަބަބުން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން 252 މީހަކު ވަނީ ނިޔާވެފައެވެ.

ސީއެންއެން އިން ރިޕޯޓްކުރާ ގޮތުގައި، އޭގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާގެ 165 މީހުންނާއި، އުރުދުންގެ 41 މީހުންނާއި، ޓިއުނީޝިއާގެ 35 މީހުންގެ އިތުރުން، އީރާނަށް ނިސްބަތްވާ 11 މީހުންނެވެ.

މީގެ އިތުރުންވެސް، ހޫނުގެ ސަބަބުން ހާލުދެރަވުމާއި ގުޅިގެން އީރާނުގެ 26 މީހަކަށް އެޑްމިޓްކޮށްގެން ވެސް ވަނީ ފަރުވާދީފައެވެ.

ސައުދީ އަރަބިއާ އާއި މިސްރުން ނިޔާވި މީހުންގެ ރަސްމީ އަދަދު މިހާތަނަށް ނެރެފައިނުވާއިރު، ކޯޓާ އަކާއި ނުލައި ހައްޖަށް ދިޔަ މީހުންގެ ހާލަތު އެ ގައުމުގެ ސަރުކާރަށް ދެނެނުގަނެވޭނެތީ ނިޔާވި މީހުންގެ އަދަދުތައް މިއަށް ވުރެ މައްޗަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށް ސީއެންއެންއިން ރިޕޯޓް ކުރެއެވެ.

ސައުދީ ސަރުކާރުން ހާމަކުރި ގޮތުގައި ހޫނު ގަދަވުމާއި ގުޅިގެން ހާލުދެރަވި 2,700 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާދީފައިއެވެ.

މިއަހަރުގެ ހައްޖަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.8 މިލިއަން މުސްލިމުން މައްކާއަށް ގޮސްފައިވާއިރު، ހޫނު ގަދަވުމާއި ގުޅިގެން މީގެ ކުރިން ވެސް ހައްޖުވެރިން ނިޔާވެފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން، ހީޓް ސްޓްރޯކް ގެ ސަބަބުން މިދިޔަ އަހަރު ވެސް ވަނީ 200 އަަށް ވުރެ ގިނަ މީހުން ނިޔާވެފައެވެ.

ހޫނުގެ އަސަރު ހައްޖުވެރިންނަށް ކުރާ މިންވަރު ދަށްކުރުމަށްޓަކައި ސައުދީ ސަރުކާރުން ފިޔަވަޅުތަކެއް މި އަހަރުގެ ހައްޖު މޫސުމާއި ދިމާކޮށް އަޅާފައިވާއިރު، ހައްޖުގެ ކަންތައްތައް ބަލަހައްޓާ ފަރާތުން ވަނީ ދުވަހުގެ ހޫނު މަޑުވާ ވަގުތުތަކުގައި ޖަމްރާ އަށް ހިލައުކަން ދިޔުމަށް އިލްތިމާސްކޮށް، އަބަދުވެސް ކުޑަ ފަދަ ހިޔާވާ ތަކެތި ބޭނުން ކުރުމަށާއި، ފެންފުޅި ފަދަ ތަކެތި އަބަދުވެސް އަތްޖެހޭ ހިސާބުގައި ގެންގުޅުމަށް ހައްޖުވެރިންގެ ކިބައިން އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.