ޝެއިޚް ޞާލިޙް އަލް ޝައިބާ-- ފޮޓޯ: ހަރަމައިން
ދުނިޔެ
22 Jun 2024 | 12:39
ގެފުޅުގެ ތަޅުދަނޑިއާއި ހަވާލުވެވަޑައިގެން ހުންނެވި ޝެއިޚް ޞާލިޙް އަލް ޝައިބާ އަވަހާރަވެއްޖެ

މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ދޮރުކޮޅުގެ ތަޅުދަނޑިއާއި ހަވާލުވެވަޑައިގެން ހުންނެވި ޝެއިޚް ޞާލިޙް އަލް ޝައިބާ އަވަހާރަވެއްޖެއެވެ.

ޝެއިޚް ޞާލިޙް އަލް ޝައިބާ އަކީ އުސްމާން އިބްނި ޠަލްހާ ގެ ދަރިކޮޅުން ކައުބާގެ ތަޅުދަނޑިއާއި ހަވާލުވެވަޑައިގެން ހުންނެވި 109 ވަނަ ބޭފުޅާއެވެ.

މިއަދުގެ ފަތިސް ނަމާދަށް ފަހު މަސްޖިދުލް ހަރަމްގައި ޝެއިޚް ޞާލިޙް އަލް ޝައިބާ ގެ ކަށު ނަމާދު ކުރިއަށް ދިޔައިރު، އެބޭފުޅާ ފަސްދާނު ލެވުނީ މައްކާގެ އަލް މުޢާލާ ސަހަރާގައެވެ.

ބަނޫޝައިބާ ޤަބީލާ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތަޅުދަނޑި ހަވާލުކުރެއްވީއްސުރެ، މިއަދާއި ހަމައަށް ވެސް ގެފުޅުގެ ތަޅުދަނޑި އޮންނަނީ އެ ޤަބީލާގެ އެންމެ ދުވަސްވީ ބޭފުޅެއްގެ ޙަވާލުގައެވެ. މި ގަބީލާއިން ގެފުޅު ބެލެހެއްޓުމާއި، ސާފު ކުރުމާއި ގެފުޅުގެ ކިސްވާ ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންދާތާ 16 ގަރުނު ވެއްޖެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް