ހައްޖުވެރިންނަށް އަމާޒުކޮށް ސައުދީ އިން ތައާރަފް ކުރި ސެލްފް ޑްރައިވިން ޓެކްސީ-- ފޮޓޯ: ގަލްފް ނިއުސް
ދުނިޔެ
15 Jun 2024 | 09:36
ހައްޖުވެރިންނަށް އަމާޒުކޮށް ސައުދީ އިން ސެލްފް ޑްރައިވިން ޓެކްސީ ތައާރަފްކޮށްފި

މިއަހަރު މާތްވެގެންވާ ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ފަރާތްތަކަށް އަމާޒުކޮށް ސައުދީ އަރަބިއާ އިން ސެލްފް ޑްރައިވިން ޓެކްސީ ތައާރަފްކޮށްފިއެވެ.

ސައުދީ ސަރުކާރުގެ ނޫހެއް ކަމަށްވާ އެސްޕީއޭ އިން ރިޕޯޓް ކުރާ ގޮތުގައި މިއީ ހައްޖުވެރިން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި، ކުއްލިއަކަަށް ދިމާވާ ސިއްހީ ހާލަތްތަކުގައި ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި އެނޫންވެސް ތަކެތި ހައްޖުވެރިންނަށް އަވަހަށް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.

ސެލްފް ޑްރައިވިން ޓެކްސީ ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައުދީގެ ޓްރާންސްޕޯޓް އެންްޑް ލޮޖިސްޓިކަލް ސާވިސަސް މިނިސްޓަރު ޞާލިޙް ބިން ނާޞިރު އަލްޖަޞީރު ވިދާޅުވީ، މިއީ ތިމާވެއްޓާއި ރައްޓެހި އަދި އާޓީފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ މަގްސަދުގައި އުފެއްދި އުޅަނދެއް ކަމަށެވެ.

މި ހިދުމަތާއި ގުޅޭ ގޮތުން އަލްޖަޞީރު އިތުރަށް ވިދާޅުވީ، މިއީ ސިވިލް އޭވިއޭޝަން އޮތޯރިޓީއެއްގެ ފަރާތުން ހުއްދަ ލިބުނު ފުރަތަމަ އުދުހޭ ޓެކްސީ ކަމަށެވެ. 

މިއީ މިއަހަރުގެ ހައްޖުގެ ކަންތައްތައް ވީހާ ވެސް އޮމާން ކަމާއިއެކު ކުރިއަށް ގެންދިޔުމަށް އެ ގައުމުން ތައާރަފްކުރި 32 ވަނަ ޓެކްނޮލޮޖީގެ ވަސީލަތެވެ. މި އުޅަނދުގެ އިތުރުންވެސް ސައުދީ އިން ވަނީ އިލެކްޓްރިކް ކާރާއި، ހައިޑްރޮޖެން ޓްރެއިން ފަދަ ތަކެތި ތައާރަފްކޮށް، ދަތުރުފަތުރުގެ ނިޒާމް ޒަމާނީ ކުރުމަށް އަމާޒު ހިފާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.