މައްކާގައި ހޫނު ގަދަވާނެތީ ކުޑަ ފަދަ ތަކެތި ބޭނުން ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުން-- ފޮޓޯ: ތަލާލް ހަކީމް
ދުނިޔެ
22 Jun 2024 | 11:05
ހޫނު މޫސުން ނިމެންދެން ދެ ހަރަމުގައި ހުކުރު ވަގުތު ކުރުކުރަން ސައުދީން ނިންމައިފި

ހޫނު މޫސުން ނިމެންދެން މަސްޖިދުލް ހަރަމާއި މަސްޖިދުލް ނަބަވީގައި ހުކުރު ދުވަހުގެ ހުތުބާ އާއި ހުކުރު ނަމާދު ކުރާ ވަގުތު ކުރުކުރަން ސައުދީ އަރަބިއާގެ ސަރުކާރުން ނިންމައިފިއެވެ.

މިދުވަސްވަރަކީ ސައުދީ އަށް އިންތިހާއަށް ހޫނު ގަދަ ދުވަސްވަރަކަށް ވުމާއިއެކު، ސައުދީ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ހޫނު މޫސުން ނިމެންދެން ހުކުރު ނަމާދާއި ހުތުބާ އަށް ހޭދަކުރާނީ 15 މިނިޓެވެ.

ހަމައެއާއިއެކު، ހުކުރު ދުވަހުގެ ފުރަތަމަ ބަންގި އާއި ދެވަނަ ބަންގިއާއި ދެމެދު މީގެކުރިން 30 މިނިޓާއި 45 މިނިޓާއި ދެމެދުގެ ވަގުތެއް ހޭދަވި ނަމަވެސް މި ބަދަލާއިއެކު، ހޭދަވާނީ 10 މިނިޓެވެ.

މިއީ ހޫނުގެ ސަބަބުން އާއްމުންނާއި އަޅުކަން ކުރުމަށް ސައުދީ އަށްދާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތް ފޯރުކޮށްދިނުމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ކަމަށް އެގައުމުން ބުނެއެވެ.

މި އަހަރުގެ ހައްޖު މޫސުމުގައި ވެސް ސައުދީ އަށް ހޫނު ވާނެ ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވާއިރު،  ހޫނު ގަދަވުމުގެ ސަބަބުން ނިޔާވި ހައްޖުވެރިންގެ އަދަދު 200 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.