ދުނިޔެ
22 Jul 2024 | 11:25
ސައުދީގައި މަސްތުވާތެކެތީގެ ވިޔަފާރި ކުރި ޕާކިސްތާނުގެ 7 މީހަކު ދަން ޖައްސައިފި!

މިއަހަރުގެ މިހާތަނަށް، ސަޢޫދީ ޢަރަބިއްޔާގައި, މަސްތުވާތަކެތީގެ ވިޔަފާރިކުރި ޕާކިސްތާނުގެ 7 މީހަކު ދަން ޖައްސާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ބޭރުގެ ނޫސްތަކުން އޭއެފްޕީގެ ތަފާސް ހިސާބުތަކާއި ހަވާލާދީ ރިޕޯޓް ކޮށްފައިވާ ގޮތުން، މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ ދެމީހަކު ދާދިފަހުންވަނީ ސައުދީގައި ދަންޖައްސާފައެވެ. އޭގެ ތެރެއިން އެކަކީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ މީހެއް ކަމަށްވާއިރު އަނެކަކީ ޕާކިސްތާނު ރައްޔިތެއް ކަމަށް އޭއެފްޕީގެ ރިޕޯޓް ތަކުން އެނގެއެވެ. 

އެފްޕީއިން ހޯދާފައިވާ ހިސާބުތަކަށް ބަލާއިރު، މިއަހަރު މިހާތަނަށް، ސައުދޫ އަރަބިއްޔާގައި، އެކި ކުށްތައް ސާބިތުވެގެން ދަން ޖައްސާފައިވާ މީހުންގެ އަދަދު މަދުވެގެން 106 އަށް އަރައެވެ.

ސަޢޫދީ ސަރުކާރުން، މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް މަރުގެ ހުކުމް ތަންފީޒުކުރަން އަލުން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭގެ ކުރިން ގާތްގަނޑަކަށް ތިން އަހަރު ވަންދެން މިފަދަ ކުށްތަކަށް މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތެވެ.

އެފްޕީގެ ހިސާބުތަކަށް ބަލާއިރު، މިއަހަރު ސައުދީގައި ދަންޖައްސާފައިވާ 106 ތެރެއިން މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކަށް ސާބިތުވެފައިވާ ޕާކިސްތާނުގެ 7 ރައްޔިތުން ހިމެނެއެވެ. 

2023 ވަނަ އަހަރު، ސައުދީ ސަރުކާރުން މަދުވެގެން 170 މީހުންނަށް މަރުގެ އަދަބު ތަންފީޒުކޮށްފައުވާއިރު، އޭގެ ތެރޭގައި ޓެރަރިޒަމްއާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި އެ އަދަބު ދެވުނު 33 މީހުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.