ގެފުޅުގެ އުރަކޮޅު ބަދަލުކުރުން-- ފޮޓޯ: ދަ އިސްލާމިކް އިންފޮމޭޝަން
ދުނިޔެ
07 Jul 2024 | 12:31
ހިޖުރީ އައު އަހަރާއިއެކު، ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ހިޖުރީ އައު އަހަރާއިއެކު، މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފިއެވެ.

ސަޢުދީ ޕްރެސް އޭޖެންސީ ރިޕޯޓްކުރާ ގޮތުން، ހިޖުރީ އައު އަހަރުގެ ފުރަތަމަ ދުވަސް ކަމަށްވާ 1 މުޙައްރަމް، 1446 ގެ ފަތިހުގެ ވަގުތެއްގައި މި މަސައްކަތް ކޮށްފައިވަނީ މަސްޖިދުލް ޙަރަމާއި މަސްޖިދުއް ނަބަވީގެ ކަންތައްތަކާ ބެހޭ ޢާންމު ރިޔާސަތުންނެެވެ.

ކިސްވާ ތައްޔާރުކޮށްފައިވަނީ ކިންގް ޢަބްދުލް ޢަޒީޒް ކޮމްޕްލެކްސް ފޮރ ދަ ކިސްވާ އޮފް ދަ ކަޢުބާގެ ޓީމަކުންނެވެ. މި ޓީމުގައި ހިމެނޭ ހުނަރުވެރި 159 މީހުންނާއި 200 މަސައްކަތު މީހުން ގެފުޅުގެ އުރަކޮޅު ބަދަލުކުރީ، އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ  އިތުރުން، އެކަމަށް ޚާއްޞަކޮށް ތަމްރީނު ދެވިފައިވާ މީހުންގެ ބެލުމުގެ ދަށުންނެވެ.

އެސްޕީއޭ އިން ރިޕޯޓްކުރާ ގޮތުގައި، މަސްޖިދުލް ޙަރަމަށް އައު ކިސްވާ ގެނައުމުގެ މަސައްކަތް ކުރަމުން ދިޔައިރު، އެ މަސައްކަތުގައި ހިމެނޭ ޓީމަކުން ވަނީ ކަޢުބާގެ ކުރީގެ ކިސްވާގެ ރަން ފޮތިކޮޅުތައް ނަގާފައެވެ.

ރަނާއި ރިހީގެ ރޮދިން ވިޔެގެން ލިޔާ ކީރިތި ޤުރްއަނުގެ އާޔަތްތަކާއެކު އެންމެ މޮޅު ފަށުވިން ތައްޔާރުކުރާ ކިސްވާ އުފެއްދުމަށް ޖުމްލަ 120 ކިލޯގްރާމްގެ ރަނާއި، 100 ކިލޯގްރާމްގެ ރިހި އަދި 670 ކިލޯގްރާމްގެ ފަށުވި ބޭނުންކުރެވެއެވެ. 

ކީރިތި ޤުރުއާން ގެ އާޔަތްތައް ކިސްވާގައި ވިޔަނީ-- ފޮޓޯ: ދަ އިސްލާމިކް އިންފޮމޭޝަން

މި އަހަރު ގެފުޅަށް ފަރުމާކުރެވުނު ކިސްވާގައި 1,300 ކިލޯ ހުންނައިރު، ބަރުދަނަށް ބަދަލުއައިސްފައިވަނީ ބޭނުންކޮށްފައިވާ މޮޅެތި ތަކެއްޗާއި، ފޮތީގައި ޒީނަތްތެރިކޮށްފައިވާ ބަރު އަދި ތަފްޞީލީ ވިޔުމުގެ ސަބަބުންނެވެ. 

ގެފުޅުގެ ކިސްވާގައި ރަނުން ފަހާފައިވާ 53 ފޮތިކޮޅު އެކުލެވެއެވެ. އެއީ ބެލްޓު ސަރަޙައްދަށް 16 ފޮތިކޮޅު، ބެލްޓުގެ ދަށަށް 7 ފޮތިކޮޅު، 4 ކަނުގެ ފޮތިކޮޅު، 17 ފާނޫސް، ދޮރުގެ ފަރުދާއަށް 5 ފޮތިކޮޅު، އަލްރުކްނުލް ޔަމާނީއަށް އެއް ފޮތިކޮޅު، އަދި ޙަޖަރުލް އަސްވަދުގެ އައުޓްލައިންއަށް 2 ފޮތިކޮޅާއިއެކު، ދިޔަދޮވިކޮޅު ވެސް ހިމެނެއެވެ.

އުސްމިނުގައި 14 މީޓަރު ހުންނަ މި ކިސްވާ އުފެއްދުމަށް 20 މިލިއަނަށް ވުރެ ގިނަ ރިޔާލު ސައުދީ ސަރުކާރުން ހަރަދުކުރާއިރު، މީގެ ކުރިން ކިސްވާ ބަދަލުކުރަމުން އައިސްފައިވަނީ ހައްޖު ދުވަހުގައެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ސައުދީ ސަރުކާރުން ނިންމީ ކޮންމެ ހިޖުރީ އައު އަހަރަކާއި ގުޅުވައިގެން ގެފުޅުގެ ކިސްވާ ބަދަލު ކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.