ޕީ-12 ގެ އުޅަނދުތައް: ދަތުރުފަތުރުގެ ނިޒާމަށް ޓެކްނޮލޮޖީގެ އިންގިލާބީ ބަދަލެއް -- ފޮޓޯ: ޚަލީޖްޓައިމްސް
ދުނިޔެ
21 Aug 2024 | 22:12
ދުނިޔޭގައި ފުރަތަމަ އުފެއްދި ކަރަންޓް އުދުހޭ ކަނޑު އުޅަނދު ސަޢޫދީގެ ނިއޯމް ސިޓީއަށް

ސަޢޫދީ އަރަބިއްޔާގެ އުތުރު ހިސާބުގައި ތަރައްގީކުރަމުންދާ ނިއޯމް ސިޓީގެ ކަނޑު ދަތުރުފަތުރުގެ ނިޒާމަށް ބޭނުންކުރުމަށް، ދުނިޔޭގައި އެންމެ ފުރަތަމަ ތައްޔާރުކުރެވުނު ކަނޑުމަތީގައި ދުއްވާ ކަރަންޓު އުދުހޭ އުޅަނދު، ކެންޑެލާ ޕީ-12 ގެ އުޅަނދުތަކެއް ގެންނަން ނިންމައިފިއެވެ. މި އުޅަނދުތައް ގަތުމަށް ސަޢޫދީ އަރަބިއްޔާއިން މިހާރުވަނީ އޯޑަރު ކޮށްފައެވެ. މިއީ ސްޓޮކްހޯމްގައި ހުންނަ ކެންޑެލާ ކުންފުންޏަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އޯޑަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފާއިތުވި އަހަރު ތަޢާރަފުކުރެވުނު ކެންޑެލާ ޕީ-12 އުޅަނދު، ސްޓޮކްހޯމްގެ އާންމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރަން ފަށާނީ 2024 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ. މި އުޅަނދަކީ ކޮމްޕިއުޓަރުން ކޮންޓްރޯލްކުރާ ފެނުގެ އަޑީގައި ހަރުކުރެވިފައިވާ ފިޔަގަނޑުތަކެއްގެ އެހީގައި ރާޅުތަކުގެ މަތީގައި ދުއްވާ އުޅަނދެކެވެ. އަދި މިއީ އާންމު އުޅަނދުތަކާ އަޅާބަލާއިރު 80 އިންސައްތަ މަދުން ހަކަތަ ބޭނުންކުރާ އުޅަނދެކެވެ.

ގަޑިއަކު 25 ނޯޓިކަލް މޭލުގެ ސްޕީޑުގައި ދެ ގަޑިއިރަށް ވުރެ ގިނަ ވަގުތު ދުއްވޭ މި އުޅަނދަކީ މިވަގުތު ދުނިޔޭގައި އެންމެ ބާރަށް އަދި އެންމެ ދުރަށް ދުއްވޭ ކަރަންޓު ހަކަތައިގެ އުޅަނދެވެ.

ކެންޑެލާގެ ސީއީއޯ އަދި ބާނީ ގުސްޓަވް ހެސެލްސްކޮގް ވިދާޅުވި ގޮތުގައި ޕީ-12 އުޅަނދު ފަރުމާކުރެވިފައިވަނީ ތިމާވެއްޓާ ރައްޓެހި، އާންމު އުޅަނދުތަކަށްވުރެ ފެންވަރު މަތީ ކަނޑުމަގީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށެވެ. އަދި މި އުޅަނދުތަކަކީ އާދައިގެ ބޯޓުފަހަރާ ޚިލާފަށް ކުދި އަދި ބާރުސްޕީޑްގައި ދަތުރުކުރެވޭ އުޅަނދުތަކަކަށްވާތީ، ގިނަ އަދަދަކަށް ދަތުރުތައް ކުރެވޭނެ އަދި މަންޒިލަށް އަވަހަށް ވާސިލުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީ-12ގެ އުޅަނދެއްގެ އެތެރޭގެ ސީޓްތައް -- ފޮޓޯ: ޚަލީޖްޓައިމްސް

މީގެ އިތުރުން ޕީ-12 އުޅަނދުގައި ވައި އަދި ރާޅުތަކުގެ ސަބަބުން އުޅަނދު ހެލިފެލިވި ނަމަވެސް އުޅަނދު ހަމަޖެހިފައި ބޭއްވުމަށް، ސިކުންތަކު 100 ފަހަރު އުޅަނދުގެ ފެނުގެ އަޑީގައިވާ ފިޔަގަނޑުތަކުގެ އެންގަލް ބަދަލުކޮށްދޭ ޑިޖިޓަލް ކޮންޓްރޯލް ނިޒާމެއް ވަނީ ހަރުކުރެވިފައެވެ. މިކަމުގެ ސަބަބުން ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަމާއި ފަސޭހަކަން ލިބިގެންދާނެއެވެ.

މި އުޅަނދުތައް ނިއޯމް ސިޓީގެ ކަނޑުމަތީ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރަން ފެށުމުން، އެ ސިޓީގައި ދިރިއުޅޭ މީހުންނަށް ކަނޑުމަގުން ކުރު ދަތުރުކޮށްލައިގެން އެމީހުންގެ އަސާސީ ބޭނުންތަކާއި ޚިދުމަތްތައް ފުއްދުމަށް ފަސޭހަވެގެންދާނެ ކަމަށް ކެންޑެލާގެ ސީއީއޯ ވިދާޅުވިއެވެ.

ފެނުގެ އަޑީގައި ހަރުކުރެވިފައިވާ ކެންޑެލާ ސީ-ޕޮޑް ކަރަންޓު އިންޖީނުތަކަކީ ވަރަށް އަޑުމަޑު އަދި ކަނޑުގެ ދިރުންތަކަށް ވަރަށް ކުޑަ އުނދަގުލެއް ކުރިމަތިކުރުވާ އިންޖީނުތަކެކެވެ. ކެންޑެލާގެ ގުސްޓަވް ހެސެލްސްކޮގް ވިދާޅުވި ގޮތުގައި މި އުޅަނދުތަކަކީ ދަތުރުވެރިންނާއި ތިމާވެށި ރައްކާތެރިކަމަށް ވިސްނައިގެން ފަރުމާކުރެވިފައިވާ އުޅަނދުތަކެކެވެ.

"ކުޑަ ވަގުތުކޮޅަކުން އަވަސް ގުޅުންތަކެއް ގާއިމުކޮށްދޭ، އަދި ރާޅު އުފެއްދުމާއި، ވައި ތަޣައްޔަރުކުރުމާއި، އަޑުގަދަކުރުމެއް ނެތި ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ދަތުރުކުރެވޭ މި އުޅަނދުތަކުން ކަނޑުމަތީ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ," އޭނާ ވިދާޅުވިއެވެ.

ނިއޯމް ސިޓީގައި ބޭނުންކުރުމަށް ގަނެފައިވާ ފުރަތަމަ ބެޗްގެ 8 އުޅަނދު ފޯރުކޮށްދޭނީ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ