ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުން: ފޮޓޯ/ މިނިސްޓަރ ސައީދު
ހަބަރު
01 Oct 2024 | 10:33
ވިޔަފާރީގެ ދާއިރާއިން ސައުދީއާއެކު ގުޅުން ބަދަހިކުރަން އެއްބަސްވުމަކަށް

ދިވެހިރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެވުނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ސައުދީ އަރަބިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ސައުދީ އަރަބިއްޔާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް ކޮމާސް މަޖީދު ބިން އަބްދުالله ބިން އުސްމާން އެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން، ދެ ޤައުމު ދެމެދު ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރެވި، ބޯޑަރ ހުރަސްކޮށް ކުރެވޭ ފޮރިން އިންވެސްޓްމަންޓްތައް އިތުރަށް ފުޅާ ކުރުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

އަދި، ވިޔަފާރިއާއި ފަތުރުވެރިކަން، އަދި އިމާރާތްކުރުން ފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމު ދެމެދު ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމާރސް އަދި ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑްގެ ބޯޑް ޗެއާރމަން، ޑރ. މާޖިދު އަދި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުކަމާއި، ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ސަޢީދު ޝުކުރު އަދާކުރައްވާފައިވެއެވެ.

އަދި ސޮއިކުރި އެއްބަސްވުމަކީ، ދެ ޤައުމު ދެމެދު ޒަމާނުއްސުރެ ޤާއިމްކުރެވިފައިވާ ގާތް ގުޅުމުގެ ރަމްޒެއް ކަމުގައާއި، މި އެއްބަސްވުމުގެ އެހީގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުރާސްތާ އިޤްތިޞާދީ ވިސްނުންފުޅު ހާސިލްކުރުމަށް އިތުރު ބާރަކަށް މިކަން ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

އެއްބަސްވުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަޢީދު ވިދާޅުވި ގޮތުގައި، ސައުދީ އަރަބިއާގެ ވިޔަފާރި މިނިސްޓަރ ޑރ. މަޖިދް އަލް ޤަސަބީއާ އެކު ބޭއްވުނު ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، މިނިސްޓަރ ސަޢީދު ވަނީ ސައުދީ އަރަބިއާގެ އިންވެސްޓްމަންޓް މިނިސްޓަރ އިބްރާހިމް އަލްމުބާރަކްއާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އައު އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމާއި، ދެ ޤައުމަށް ފައިދާވާނެ ގޮތަށް އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކަކީ ވަރަށް އުފެއްދުންތެރި މަޝްވަރާތަކެކެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ކުރިއްސުރެ އޮތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް ބިނާކޮށް، އިތުރު ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް ދެ ޤައުމުންވެސް ޝައުޤުވެރިކަން ފާޅުކުރިކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.