ރައީސް ޑރ.މުއިއްޒު ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދާ ބައްދަލުކުރައްވަނީ
ހަބަރު
11 Nov 2024 | 23:18
ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ގުޅޭގޮތުން، ސައުދީ އާއެކު މަޝްވަރާކޮށްފި

ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި، އަދި އެދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއެކު މަޝްވަރާކޮށްފިއެެވެ.

ރައީސް އޮފީހުން ބުނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަޝްވަރާކުރައްވާފައެވެ.

ދެ ބޭފުޅުންގެ މަޝްވަރާތައް ބާއްވާފައިވަނީ، ސައުދީ އަރަބިއްޔާގެ ރިޔާޛުގައި ފެށި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ހަވާސާގެ ތެރެއިން ބޭއްވިގެންދިއަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ މިވަގުތައް ރާއްޖެއަށް އެންމެބޮޑަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ސައުދީގެ ފަރާތުން އެހީލިބިގެން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކުރައްވާފައެވެ. 

މި ބައްދަލުވުމުގައި ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދާ ވަނީ، ސައުދީ ފަންޑުގެ އެހީ ރާއްޖެއަށް ދިނުމުގައި ދެނިއޮންނާނޭ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އާއި ސިއްހީ ދާއިރާގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސައުދީ ފަންޑުން ވަނީ މިއަހަރުގެ ކުރީކޮޅު 150 މިލިއަން ޑޮލަރުގެ ލޯން އެހީއެއް ދީފައެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ލޯން އެހީ ހާއްސަކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯތްގެ ތަރައްޤީއަށެވެ. އަދި އަނެއް 50 މިލިއަން ޑޮލަރުގެ ލޯނު އެހީ އެކަށައެޅީ ސިއްހީ ދާއިރާގެ ތަރައްޤީއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.