ސައުދީ ޢަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން
ދުނިޔެ
19 Sep 2024 | 14:22
ފަލަސްތީނަށް ދައުލަތެއް ނެތި ސައޫދީން އިޒްރޭލު ބަލައިނުގަންނާނަން: ސައޫދީ ވަލީ އަހުދު

ފަލަސްތީނަށް މިނިވަން ދައުލަތެއް ނެތި ސައުދީ ޢަރަބިއްޔާއިން އިޒްރޭލު ބަލައިނުގަންނާނެ ކަމަށް ބުދަ ދުވަހު ސައުދީ ޢަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ޝޫރާ ކައުންސިލްގައި ވިދާޅުވެއްޖެ އެވެ.

ޝޫރާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި މުހައްމަދު ބިން ސަލްމާން ވަނީ  ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް “އިސްރާއީލީ އޮކިއުޕޭޝަނުގެ ޖަރީމާތައް” ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމަށް ސައޫދީން މަސައްކަތްކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ގުދުސް މިނިވަންކުރުމާއި އެއީ ފަލަސްތީންގެ ވެރިރަށް ކަމަށް ހެއްދެވުމަކީ ސައޫދީގެ އަޒުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔަމަނު، ސޫދާން، ލިބިޔާ އަދި ޔުކްރެއިންގެ ހަނގުރާމަތަކަށް ސިޔާސީ ހައްލެއް ހޯދުމަށް މަސައްކަތްކުރުމުގެ ގޮތުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތާއި އަމަން އިތުރުކުރުމަށް ސައުދީއިން މަސައްކަތްކުރަމުންދާ ކަމަށް ވަލީ އަހުދު ވިދާޅުވިއެވެ.

އަދި ދުނިޔޭގައި ހައްގު ނިގުޅައިގަނެވިފައި ތިބިހާ ބައެއްގެ ހައްގުގައި ސައޫދީން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.

ކޮމެންޓް
ކޮރަކަލި
އެހެންވެއްޖެއްޔާ ސައުދީސަރުކާރުން ޒައިނިސްޓުންނަ ކާނާއާއި ތެލާއި ހަތިޔާރު ސައުދީގެ ތެރުއިންލާފައި ޒައިނިސްޓުންނަ ފޯރުކޮއް ދެނީ
19 Sep 2024
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.