20 Mar 2026
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢީދުގެ އުފާ ފޯރުކޮށްދިނުމަށް ޚާއްސަ ހަރަކާތްތަކެއް ބާއްވައިފި
މި ހަރަކާތްތަކުގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުދިންނަށް ވަނީ ޢީދު ހެދުމާއި ޢީދު ހަދިޔާ ހަވާލުކޮށްފައެވެ. މިއީ ޢީދުގެ އުފާވެރިކަން އެ ކުދިންނަށްވެސް އެންމެ ފުރިހަމަ ގޮތުގައި އިހުސާސްކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.