އޯޕެކުން އަލްޖީރިއާގައި ބޭއްވި ބައްދަލުވުމެއްގެ މާލަމް.... ފޮޓޯ: ރޮއިޓާސް
28 Apr 2026 | 19:30
ޔޫއޭއީ އޯޕެކުން ވަކިވާން ނިންމައިފި

ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެއޮ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ، އޯޕެކުން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ވަކިވާން ނިންމައިފިއެވެ.

ޔޫއޭއޭއީން މިގޮތަށް ނިންމާފައިވާކަން އެޤައުމުން ހާމަކޮށްފައިވަނީ މިއަދެވެ. ޔޫއޭއީ އޯޕެކްގެ މެމްބަރުކަމުން ރަސްމީކޮށް ވަކިވުމަށް ނިންމާފައިވަނީ، އަންނަ މެއިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. 

ޔޫއޭއީގެ މި ކުއްލި ނިންމުން އައިސްފައި ވަނީ އޮޕެކުގެ މެންބަރު ޤައުމެއް ކަމުގައިވާ އީރާނުން ޔޫއޭއީއަށް ހަފުތާތަކެއް ވާންދެން މިސައިލާއި ޑްރޯން ހަމަލާތައް ދެމުން ގެންދާ ދަނޑިވަޅެއްގައެވެ. ހޯމޫޒް ކަނޑުއޮޅީގައި ތެހެރާނުން ބޯޓުފަހަރަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ޔޫއޭއީން ތެޔޮ ބޭރުކުރުމަށް ވެސް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފައެވެ.

ޔޫއޭއީގެ ހަކަތައާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ޤައުމުގެ ތެޔޮ އުފެއްދުމުގެ ސިޔާސަތާއި ޤާބިލުކަން ވަށައިޖެހޭ ގޮތެއްގައި މުރާޖަޢާ ކުރުމަށް ފަހު، އޮޕެކުން ވަކިވާން ނިންމީ އެއީ މިވަގުތަށް އެޤައުމަށް އޮތް އެންމެ ރަނގަޅު ނިންމުން ކަމަށްވާތީކަމަށެވެ. އެ ވުޒާރާއިން އިތުރަށް ބުނީ، އޮޕެކުން ވަކިވިނަމަވެސް ކުރިއެކޭ އެއްގޮތަށް ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްދާނޭކަމަށެވެ.

ޔޫއޭއީގެ ހަކަތައާ ބެހޭ ވަޒީރު ސުހައިލް އަލް މަޒްރޫޢީ ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އޮޕެކުން ވަކިވުމަށް މި ވަގުތު ނިންމެވީ ގުރޫޕުގެ އެހެން މެންބަރުންގެވެސް ފައިދާއަށް ކަމަށެވެ.

"މި ވަގުތު ވަކިވުމަކީ އެންމެ ރަނގަޅު ވަގުތު، ސަބަބަކީ ތެލުގެ އަގަށް ވެސް އަދި އޮޕެކާއި އޮޕެކް ޕްލަސްގައި ތިބި ރަޙުމަތްތެރިންނަށް ވެސް އެންމެ ކުޑަ އަސަރެއް ކުރާނީ މިގޮތަށް ނިންމުމުން" މަޒްރޫޢީ ވިދާޅުވިއެވެ.

ޔޫއޭއީގެ އަމާޒަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް 5 މިލިއަން ފީފާ ތެޔޮ އުފެއްދުމުގެ ޤާބިލުކަން ހާސިލުކުރުން ކަމަށާއި، އެ ލަނޑުދަނޑިއަށް ވާސިލުވުމަށް އިތުރު މިނިވަންކަން ބޭނުންވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ސައުދީ ޢަރަބިއްޔާ އިސްވެ ކުރިއަށް ގެންދިޔަ އުފެއްދުން ކުޑަކުރުމުގެ ސިޔާސަތާ މި ނިންމުމާ ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫއޭއީ އޯޕެކުން ވަކިވާން ނިންމިއިރު، އެޤައުމަކީ ގާތްގަނޑަކަށް ހަ ޤަރުނެއްހާ ދުވަހު އޮޕެކުގެ ނިންމުންތަކުގައި ނުފޫޒު ގަދަ ދައުރެއް އަދާކޮށްފައިވާ ޤައުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ޔޫއޭއީ ހިމެނެނީ މިހާރު ސައުދީ ޢަރަބިއްޔާ އާއި ޢިރާޤަށް ފަހު އޮޕެކުގެ މެމްބަރުންގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ޤައުމަށެވެ. ޔޫއޭއީ އޮޕެކުގައި ބައިވެރިވެފައިވަނީ 1967 ވަނަ އަހަރުއެވެ.

ކޮމެންޓް
އަލީ މޫސާ
ތިކަމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ވާނީ އީރާނުގެ އުދަގުލެވެ. މިފަހަރުވެސް އީރާނުން އެންމެ ގިނަ މިސައިލް ފޮނުވާ އެންމެ ބޮޑު ގެއްލުމެއް ދިނީ ޔޫއޭއީ އަށެވެ.
28 Apr 2026
ގުޅޭ ލިޔުންތައް
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.