ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
13 May 2026
ވީއައިއޭ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމްޑީ ހާމަކުރައްވައިފި
ރާއްޖޭގެ މައި ދޮރާށީގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މައިގަނޑު ހިއްސާދާރެއްގެ ގޮތުގައިވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ދައުރު ވަރުގަދަކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ހާމަކުރައްވައިފިއެވެ.
23 Apr 2026
އެޑަލްވިސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
އެމް.އޭ.ސީ.އެލް އިން މައުލޫމާތު ދޭގޮތުގައި، މިހާރު ކުރަމުންދާ ދަތުރުތަކުގެ އިތުރުން، ޖުލައި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ފްލައިޓް އިތުރަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
13 Apr 2026
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރައިފި
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ފަހުކޮޅު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ 35 އެއަރލައިންއެކެވެ. އެ ގޮތުން، މިހާރު ރާއްޖެއަށް ދަތުރުކުރަމުންދާ 41 އެއަރލައިންތަކުގެ ތެރެއިން، 16 އެއަރލައިނަކީ އޭޝިއާގެ އެއަރލައިންތަކެވެ. މީގެ އިތުރުން، ޔޫރަޕުގެ 13 އެއަރލައިނަކާއި މެދުއިރުމަތީގެ 6 އެއަރލައިނެއްވެސް މި 41 އެއަރލައިންތަކުގެ ތެރޭގައި ހިމެނެއެވެ.
07 Apr 2026
ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓެކްސީވޭގެގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެމަޝްރޫއުގެ ތިންވަނަ ފިޔަވަހި ފަށައިފިއެވެ.
25 Mar 2026
ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭ ގޮތަށް ބަދަލުކޮށްފި
ޑޮމެސްޓިކް ޓާމިނަލް ކުރިމަތިން ޓެކްސީ ލިބޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.
01 Mar 2026
އިއްޔެ ނުވަ ފްލައިޓް, މިއަދު 19 ފްލައިޓް ކެންސަލް; 5200 މީހުން ނުފުރިފައި
އެމްއޭސީއެލުން ބުނީ އިއްޔެ 9 ފްލައިޓެއް ކެންސަލްވެ، 1,716 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއަދު 19 ފްލައިޓެއް ކެންސަލްވެ، 3,530 ފަސިންޖަރުންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
01 Mar 2026
މެންދުރު ފަހާއި މިރޭވެސް ގިނަ އަދަދެއްގެ ފްލައިޓް ކެންސަލް
01 Mar 2026
އޭޝިއާ ސަރަހައްދުން އިތުރު އެއާލައިންތައް ގެނެވޭތޯ މަސައްކަތްކުރަނީ