ކެމްބޯޑިއާގެ ކާގޯ ފޮނުވާލުން: ފޮޓޯ/ އެމްއޭސީއެލް
ހަބަރު
30 Jul 2026 | 10:47
ކެމްބޯޑިއާގެ ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ފޮނުވައިފި

ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނެސް ވައިގެ މަގުން ޔޫރަޕަށް ފޮނުވާ ފުރަތަމަ ޓްރާންސްޝިޕްމަންޓް ކާގޯ ވެލާނާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު (އެމްއެލްއީ) މެދުވެރިކޮށް ކާމިޔާބުކަމާ އެކު ފޮނުވައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ މުދާ ވައިގެ މަގުން ފޮނުވާލީ ފްރާންސްގެ ލީލް އަށް ކަމަށެވެ. މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ވެލާނާ އެއަރޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ފުޅާވެގެން ދިޔަ ފާހަގަކޮށްލެވޭ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ ކުރިން އެމްއެލްއީ މެދުވެރިކޮށް ސީ-ޓު-އެއަރ ޚިދުމަތް ގިނައިން ބޭނުންކުރަމުން އައީ ބަންގްލަދޭޝް އިންޑިއާ އަދި ސްރީލަންކާގެ މުދަލަށް ކަމަށް ވީ ނަމަވެސް ކެމްބޯޑިއާގެ ޝިޕްމަންޓް ކާމިޔާބުކަމާ އެކު ނިންމައިލެވުމުން އާ ބާޒާރުތަކަށް އެ ޚިދުމަތް ފެތުރެމުންދާ ކަން ހާމަވާ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގުން ފޮނުވުމަށް ވުރެ އަގުހެޔޮ އަދި ކަނޑު މަގުން އެކަނި ފޮނުވުމަށް ވުރެ އަވަސް ގޮތެއް ކަމުން އަވަހަށް ފޯރުކޮށްދޭން ޖެހޭ މުދަލަށް މިއީ އެންމެ އެކަށީގެންވާ ހައްލެވެ.

މި ކާމިޔާބީއާ އެކު އޭޝިއާ އާއި ޔޫރަޕް އަދި ދުނިޔޭގެ އެކި ބާޒާރުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ ދައުރު އިތުރަށް ވަރުގަދަވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.