ރިޔާސީ އިންތިޚާބު 2023
22 Sep 2023
ކަރަންޓް ބިލް ބޮޑުނުވާނެ ގޮތަށް ފްލެޓް ރޭޓެއް ކަނޑައަޅަނީ!
ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ގިނައިން ބޭނުން ކުރުމުން ބިލް ބޮޑުވާ މައްސަލަ ހައްލު ކޮށްދޭން ނިންމާފައިވާ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
22 Sep 2023
"އެންމެންގެ މުސާރަ ބޮޑުކުރާނީ 5 އަހަރަށް ބަހާލައިގެން"
މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފި ނަމަ، ވެރިކަމުގެ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރުގެ މުވައްޒުން އަދި ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
22 Sep 2023
ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7،000ރ.
ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް 7000ރ. ގެ އެލަވަންސެއް ދޭން މިއަދު ނިންމައިފި އެވެ.
22 Sep 2023
ރީރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
ރަށްވެހިވެފައިވާތަންނޫން އެހެން ތަނަކަށް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީކުރި މީހުން، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
22 Sep 2023
"އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7000ށް ބޮޑުކުރާނަން"
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ 5000 ރުފިޔާގެ އެލަވަންސް ކޮންމެ މަހަކު 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.
22 Sep 2023
ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އުމަރު ނިންމައިފި
މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އިބްތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އުމަރު ނަސީރު ނިންމައިފިއެވެ.
21 Sep 2023
ޝިޔާމްގެ ތުހުމަތު- ރައީސް މާލޭގައި ބަނޑަހަ ޖަހައިގެން ހުންނަވަނީ ދެވަނަ ބުރުން ވައްކަން ކުރައްވަން
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ކެމްޕެއިން ކުރެއްވުމަށް އަތޮޅު ތެރެއަށް ވަޑައިނުގެން މާލޭގައި ބަނޑަހަ ޖަހައިގެން ހުންނަވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވައްކަން ކުރެއްވުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދް ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ.
21 Sep 2023
ނިޒާމީ ވޯޓަށް ދެވޭނޭ އެކަމުގެ މަރުހަލާތަކުގެ ތެރެއިން: ރައީސް ޞާލިހު
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮންނާނީ ރިޔާސީ ނިޒާމަކަށްތޯ ނުވަތަ ބަރުލަމާނީ ނިޒާމަކަށްތޯ ބެލުމަށްޓަކައި ނަގާ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެމު އަންނަ މަހު 30ގެ ކުރިން ނެގުމަށް އެންގޭނީ، އެކަމާ ގުޅޭ ގޮތުން ނިންމާގޮތް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއާ އެކު ފާސްކޮށް ތަސްދީގު ކުރުމަށް ފަހު އެ މަނިކުފާނަށް ފޮނުވުމުން، އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުމަށް ފަހުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.