އަހްމަދު ޝިޔާމް
ހަބަރު
21 Sep 2023 | 22:46
ޝިޔާމްގެ ތުހުމަތު- ރައީސް މާލޭގައި ބަނޑަހަ ޖަހައިގެން ހުންނަވަނީ ދެވަނަ ބުރުން ވައްކަން ކުރައްވަން

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ކެމްޕެއިން ކުރެއްވުމަށް އަތޮޅު ތެރެއަށް ވަޑައިނުގެން މާލޭގައި ބަނޑަހަ ޖަހައިގެން ހުންނަވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ވައްކަން ކުރެއްވުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދް ޝިޔާމް ތުހުމަތު ކުރައްވައިފިއެވެ. 

މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ކެމްޕެއިންގައި މިރޭ ބ ކަމަދޫގައި ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ދިވެހި ދައުލަތުގެ ހުރިހާ ފައިސާއެއް ހިއްޕަވައިގެން އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވާ ކަމެއް ނޭނގެ ކަމަށާއި ސެޕްޓެމްބަރު 9 އިން ފެށިގެން އަދިވެސް އެ ހުންނަވަނީ މާލޭގައި ކަމަށެވެ. 

އަޅުގަނޑުމެންނަށް މި އެނގުނީ ފަހުން %38 ލިބުނީމާ ދެން ނިންމީ ދެވަނަ ބުރުން ވައްކަން ކުރަން ކަން. ވައްކަން ކުރަން ނިންމައިގެން އެ ނުބައިނުލަފާ ރޭވުންތައް ރޭވުމުގައި އަވަދިނެތި މި ހުންނެވީ މާލޭގަ ބަނޑަހަ ޖަހައިގެން

އަހްމަދު ޝިޔާމް 

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، އެކަން އެހެން ކުރައްވަން ޖެހިވަޑައިގަތީ ކެމްޕެއިން އެޖެންޓް މާރިޔާ އަޙްމަދު ދީދީއަށާއި ''ފައިސާ ފޮށި'' ހިފައިގެން ހުރި ބޭފުޅާއަކަށް ވެސް މިހާރު އިތުބާރެއް ނުކުރެވޭތީ ކަމަށާއި، ރައްޔިތެއްގެ ހާލު ރައީސްއަށް އަހައި ނުލެވިގެން އުޅުއްވަނީ އަމިއްލަފުޅަށް ހުރިހާ ކަމެއް ކުރައްވަން ޖެހިވަޑައިގަތުމުން ކަމުގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ. 

އަދި ހަމަ އެޔާއެކު އަރިހުގައި ތިބި އެންމެން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދޫކުރައްވާ ހިނގައްޖެ ކަމަށާއި ކެމްޕޭންކޮށް ދިނުމަށް ރަށްރަށުގައި ތިބި އިސް ފަރާތްތައްވެސް މިއަދު އެކަން ހުއްޓާލައިފައި ގެއަށް ވަދެއްޖެ ކަމުގައި ވިދާޅުވެ ޝިޔާމް ވަނީ ރައީސް ޞާލިހަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.