ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ވޮއިސް
ހަބަރު
22 Sep 2023 | 11:46
5 އަހަރަށް ބަހާލައިގެން ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދޭނަން: ޑރ. މުޢިއްޒު

މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންފި ނަމަ، ވެރިކަމުގެ 5 އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާ ތަކާއި، ސަރުކާރުގެ މުވައްޒުން އަދި ހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިފަދައިން ވިދާޅުވެފައި ވަނީ "އަސްކް މުޢިއްޒު" ގެ ނަމުގައި އެމަނިކުފާނާއި ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައި ގެނެސްދިން ޕްރޮގްރާމެއްގައި، އެހުންތެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން، ފުލުހުންނާ ސިފައިންގެ މުސާރަ ދެގުނަ ކުރާނެ ވާހަކަ ޑރ. މުޢިއްޒު ވިދާޅުވެފައިވާއިރު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިއޮތްގޮތުން އެއީ ކުރެވިދާނެ ކަމެއްތޯ އާއި އަދި އެއީ ސަރުކާރުގެ ބަޖެޓަށް ކޭޓަރ ކުރެވޭނެ ވަރު ކަމެއްތޯ މީހަކު ސުވާލު ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ.މުޢިއްޒު ވިދާޅުވީ އެކަން ކުރުމަށް ނިންމާފައިވަނީ އެއްފަހަރާ ނޫން ކަމަށާއި، މުސާރަ ބޮޑުކުރުމަށް ނިންމާފައިވަނީ 5 އަހަރުގެ ދައުރަށް ބަހާލައިގެން 3 ފަހަރެއްގެ މަތިން ކަމަށެވެ. ހަމަ އެއާއެކު ދެންހުރި ޔުނީފޯމް ވަޒީފާތަކާއި، މިނިވަން މުއައްސަސާތަކާއި، އަދި ސަރުކާރުގެ އެހެން އޮފީސް ތަކާއި ހުރިހާ ފަރާތްތަކަށްވެސް 5 އަހަރު ތެރެއަށް ބަހާލައިގެން އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"އެކަން ކުރާނީ އެއްފަހަރާއެއްނޫން. 2024 ގަ 35 ޕަސަންޓް އޭގެ 2 އަހަރު ފަހުން 2026 ގަ 35 ޕަސެންޓް، ދެން 2028 ގަ ބާކީ 30 ޕަސެންޓް. އެހެންވީމަ 3 ފަހަރުގެ މަތިން އެކަން ކުރާނީ. ހަމަ އެއާއެކު ދެންހުރި ޔުނީފޯމް ބޮޑީސްތަކަށް އެއީ، ކަރެކްޝަން ސާރވިސް، އިމިގްރޭޝަން، ކަސްޓަމްސް ފަދަ މިހެންގޮސް ހުރިހާ ފަރާތްތަކެއް، މިނިވަން މުއައްސަސާތަކާ،ސަރުކާރުގެ އެހެން އޮފީސް ތަކާ، މިހުރިހާ ފަރާތްތަކަށްވެސް ހަމަ އެކަށީގެންވާ ހެޔޮ ބަދަލެއް، އިރާދަކުރެއްވިއްޔާ 5 އަހަރު ތެރެއަށް ބަހާލައިގެން، ގެނެސްދޭނަން" 

ޑރ. މުހައްމަދު މުޢިއްޒު 

އެ މުވައްސަސާ ތަކުގެ މުސާރަ ބޮޑު ކުރަން ބަލާއިރު، ދިވެހި ރާއްޖޭގެ އިޤްތިޞާދު ވަރަށްބޮޑަށް ރަނގަޅުކުރަން ޖެހިފައިވާކަންވެސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި މުސާރަތަކަށް ހެޔޮ ބަދަލު ގެނެސްދެވޭނީ އިޤްތިޞާދަށް ކުރިއެރުން ގެނެސްދީ އާމްދަނީ އިތުރުކުރެވިގެންދާ މިންވަރަކުން ކަމަށްވެސް ވިދާޅުވި އެވެ. 

"މިރާއްޖޭގެ އިޤްތިޞާދު މިވަނީ ވަރަށްބޮޑަށް ރަނގަޅުކުރަންޖެހިފަ. އެކަންކަން ރަނގަޅުކުރެވެމުންދާ މިންވަރަކުން ހަމަހުރިހާ ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނަން" މުޢިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ޕީޕީއެމް/ޕީއެންސީއިން 3 އަހަރަށް ބަހާލައިގެން ހުށަހަޅާ އިކޮނޮމިކް ޕްލޭންގެ ތެރެއިން އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.