07 Mar 2024
އެޗްޑީސީގައި ހިނގާފައިވާ ނާޖައިޒް ކަންކަން އޭސީސީއަށް
ކުރީ ސަރުކާރުގައި އެޗްޑީސީ ހިންގަން ތިބި ވެރިން ވަނީ ނާޖާއިޒު ގިނަ ކަންތައްތަކެއް އެ ކުންފުނީގެ ތެރޭގައި ހިންގާފައި ކަމަށާއި އެކަންކަމާ ގުޅޭ އެތެރޭގެ އޮޑިޓެއް ހެދުމަށް ފަހު، މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.