22 May 2024
ސައިޓްތަކާއި އާންމުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަން އެޗްޑީސީން އިލްތިމާސްކޮށްފި
އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މި ދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރިހާ ކޮންޓްރެކްޓަރުންނަށާއި ޢާންމު ފަރާތްތަކަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
21 May 2024
ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައިޖަހާފައި ހުރި ހަޓްތައް ނަގަނީ
ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 15 ޖޫން 2024 ގެ ނިޔަލަށް ނަގަން އަންގައިފިއެވެ.
19 May 2024
ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މައިލްސްޓޯން 1 ފުރިހަމަކޮށްފި
މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކުރެއްވި ގޮތުގައި ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ނިމި، ތަރައްގީކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ މައިލްސްޓޯން ފުރިހަމަވެފައިވާ ކަމަށެވެ.
15 May 2024
ތިލަފުށިން ކެމިކަލް ގުދަން ހަދަން ބިން ކުއްޔަށް ދޭން ހުޅުވާލައިފި
ތިލަފުށީގައި ކެމިކަލް ރައްކާ ކުރާނެ ގުދަން ހަދާނެ ބިން ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.
14 May 2024
ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ޖަހާފައިވާ ހަޓްތައް ނަގަން އަންގައިފި
މިއަދު އެޗްޑީސީއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި ނަގަން އަންގާކަމަށެވެ. އެގޮތުން ހަޓްތަކާއި އެހެނިހެންވެސް ތަކެތި ނަގަން އެޗްޑީސީއިން ދީފައިވަ ސުންގަޑިއަކަށް ދީފައިވަނީ މިމަހުގެ 30 ވަނަ ދުވަހެވެ.
13 May 2024
ހުޅުމާލޭ އެކި ސަރަހައްދުތަކުއި ޤަވައިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އެޗްޑީސީއިން އަންގައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝްން (އެޗްޑީސީ) އިން މިއަދު އަންގާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރުމަތީގައި ހައުސިން އެ ކޯޕަރޭޝަނުގެ ހުއްދަ ނެތި ބަހައްޓާފައިތަކެތި ނެގުމަށެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގެ ދުވާރު މަތީގައި، ޤަވާއިދާ ޚިލާފަށް ބަހައްޓާފައި ހުރި އެއްޗެހި 30 ދުވަސް ތެރޭގައި ނެގުމަށް އެޗްޑީސީއިން ވަނީ އަންގާފައެވެ. މީގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައިވެސް ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ.
09 May 2024
"އުފާ ފެސްޓިވަލް" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ފެސްޓިވަލެއް
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި "އުފާ ފެސްޓިވަލް"ގެ ނަމުގައި ކުޑަކުދީންގެ ހަވީރެއް ބޭއްވުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ބާއްވާ މި ހަރަކާތަކީ ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި އުރީދޫއާ ވެސް ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި މި ޚާއްސަ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 އަދި 11 ވަނަ ދުވަހުގައެވެ.
09 May 2024
ހުޅުމާލެއިން ދިރިއުޅުމަށް ދޫކުރާ ބިން ހަމައެކަނި ދިވެހިންނަށް ވިއްކަން ހުޅުވާލައިފި
ހުޅުމާލެއިން ދިރިއުޅުމަށް ދޫކުރާ ބިން ބީލަމުގެ އުސޫލުން ހަމައެކަނި ދިވެހިންނަށް ވިއްކަން މިއަދު ހުޅުވާލައިފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކުރެއްވި ބީލަމުގެ އުސޫލުން ވިއްކަން މިއަދު ހުޅުވާލާފައި ވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސައިޑުން 13 ބިމެވެ.