ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
04 Jul 2024
ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވައިލައިފި.
ކ. ތިލަފުށިން ސިނާއީ ބޭނުމަށް ބިން ކުއްޔަށް ބޭނުންވާ ފަރާތްތަކުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ( އެޗްޑީސީ ) އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
27 Jun 2024
ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރަން ފެށުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދަން އެދިއްޖެ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް، ހުޅުމާލެއިން ވިއްކާފައިވާ، ނުވަތަ ކުއްޔަށް ދީފައިވާ، ނުވަތަ އިޖްތިމާޢީ، ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ބައެއް ގޯތިތަކުގައި، އިމާރާތް ކުރާ އިރު އެ ކޯޕަރޭޝަނުން ހަދާފައިވާ ޤަވާއިދު ތަކާއި، އުޞޫލުތަކަށް ބެލުމެއް ނެތި، އަދި ހޯދަން ޖެހޭ ހުއްދަތައް ނުހޯދާ އިމާރާތް ކުރަމުން ދާ ކަން ފާހަގަ ކުރެވިފައިވާކަމެވެ.
24 Jun 2024
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކުރެއްވި ގޮތުގައި، މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މިއަދު ވަނީ އަލުން ފަށައިފި އެވެ.
18 Jun 2024
މުއްދަތު ހަމަވީއިރު ނުނަގާހުރި ހަޓުތައް އެޗްޑީސީން ނަގަން ފަށައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދުގައި ހުރި ހަޓުތައް އެޗްޑީސީން ނަގަން ފަށައިފިއެވެ. އެއެޗްޑީސީން މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހަޓުތައް ނެގުމަށް މުއްދަތު ދިން ނަމަވެސް، މުއްދަތު ހަމަވި އިރުވެސް ގިނަ ހަޓުތައް ނަގާފައި ނުވާކަން އެޗްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.
13 Jun 2024
ހުޅުމާލޭ ފޭސް3ގެ ބިން ހިއްކާ ސަރަހައްދުގައިވާ އުޅަނދުތައްނެގުމަށް އެދިއްޖެ
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ ކަނޑު އުޅަނދުތައް ނެގުމަށް އަނެއްކާވެސް އެޗްޑީސީ އިން އިލްތިމާސްކޮށްފިއެވެ.
12 Jun 2024
އެޗްޑީސީގެ ފަރާތުން ފަލަސްތީން ފަންޑަށް 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ގެ އެދި ލެއްވުމުގެ މަތިން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ކުރިއަށް ގެންދާ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.
11 Jun 2024
މިފަހަރު ހުޅުމާލޭގައި ކުލަގަދަ ޢީދެއް!
ސަގާފީ ހަރަކާތްތަކާއި އެކު ކުރިއަށް އޮތް އަޟްހާ އީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވާންޖެހޭ ތައްޔާރީތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
10 Jun 2024
"ބިންވެރިޔާ ސްކީމް" ގެ ދަށުން ހިލޭ ބިން ދޫކުރުމުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުން
"ބިންވެރިޔާ ސްކީމް" ގެ ދަށުން ހިލޭ ބިން ދޫކުރުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެފައިވާކަން، އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓް ރިޕޯޓުން ހާމަވިގޮތުގައި، އެޗްޑީސީން ފޯރުކޮށްދީފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ބިންވެރިޔާ ސްކީމުގެ ދަށުން މި ބިންތައް ދޫކުރުމުން ލިބޭނެ ކަމަށް ލަފާކުރެވޭ ގެއްލުމަކީ 7.2 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެކެވެ.