ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
25 Sep 2024
ހުޅުމާލޭގައި ބަހައްޓާނެ މޮނިއުމެންޓްތައް ހަދާ މުބާރާތެއް!
ހުޅުމާލޭގެ މަގުތަކުގައި މިހާރު ހަދަމުން އަންނަ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްސް ޑިޒައިން ކުރުމުގެ މުބާރާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
18 Sep 2024
ހުޅުމާލޭން އެޕާޓްމަންޓް ގަތުމުގައި ސަމާލުވުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްޤީކުރާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމުގައި ފައިސާގެ މުޢާމަލާތްތަކަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.
17 Sep 2024
ހުޅުމާލޭ ޕޮކެޓް ޕާކިން ޒޯންތަކުން 1،374 ޖާގަ ކުއްޔަށް ދެނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ "ޕޮކެޓް ޕާކިން" ޒޯނުތަކުން ޕާކު ކުރާނެ ޖާގައަށް އެދުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
13 Sep 2024
ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި އުޅަނދުތައް ޓޯވ ކުރަންފަށަނީ
ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގަވާއިދާ ހިލާފަށް، ގިނަ ދުވަސް ވަންދެން ބަހައްޓާފައިހުރި އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލު ކޮށް، ޓޯވ ކުރަންޖެހޭ އުޅަނދުތައް ޓޯވ ކުރަން ފެށުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
12 Sep 2024
ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހުޅުވާލައިފި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމުގެ ބޭނުމަށް އިތުރު ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހުޅުވާލައިފިއެވެ.
01 Sep 2024
އެޗްޑީސީގެ ހިއްސާ އާއްމުނަށް ވިއްކަނީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ އާއްމުނަށް ވިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުމެއްކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
01 Sep 2024
އެފްޑީސީ އެޗްޑީސީގެ ދަށަށް އަދި އާރްއޭސީއެލް އެމްއޭސީއެލްގެ ދަށަށް ގެންނަނީ
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ)ތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްއޭސީއެލްގެ ދަށަށް އަދި ފަހިދިރިއުޅުން ކޯޕަރޭޝަން އެޗްޑީސީގެ ދަށަށް ބަދަލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މިއަދު މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
31 Aug 2024
ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން ދުވާރުމަތި ސާފުކުރުމުގެ މަސައްކަތް ފަށައިފި
ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.