ގަލުފަޅުގެ ފަޅުގައި ތަރއްގީކުރާ ”ނޫވެލި“ގެ ޑިޒައިން
ހަބަރު
13 Nov 2024 | 10:37
މާލެ ކައިރީ އޮންނަ ގަލުފަޅުގައި "ނޫވެލި" ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރަނީ!

މާލެ ކައިރީ އޮންނަ ގަލުފަޅުގެ ފަޅުގައި ”ނޫވެލި“ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރަން ނިންމައިފިއެވެ. 

ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ވަނީ އެ ކޯޕަރޭޝަނުން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫއުތައް ލޯންޗުކޮށްފައެވެ. 

އެގޮތުން އެޗްޑީސީގެ ”ކީ ޕްރޮޖެކްޓްސް" ލޯންޗުކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުއެވެ.

މީގެ ތެރޭގައި، ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި، ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 15 މަޝްރޫއެއް ވަނީ ލޯންޗުކޮށްފަ އެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް މަޝްރޫއުތަކުގެ މޮޑެލްތައްވެސް ވަނީ ދައްކާލާފައެވެ. 

އޭގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢު އަކީ، ގަލުފަޅުގެ ފަޅުތެރޭގައި "ނޫވެލި" ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރުމުގެ މަޝްރޫއެވެ.

މާލެއާ 10 މިނެޓު ދުރުގައި އޮންނަ މިތަނުގައި ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީ ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި އެތަނުގައި ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރު، ރިކްރިއޭޝަނަލް ސްޕޭސެސް، ބޯލް ގޭމްސް އަދި ކޮމާޝަލް ޕްލާޒާ ހުންނާނެ ކަމަށާ، އޭގެ އިތުރުން އިވެންޓު ސްޕޭސް ތަކާއި، ކޮންވެންޝަން ސެންޓަރާއި އެގްޒިބިޝަން ހޯލްސް އަދި ބެންކުއެޓް ހޯލްސް ހުންނާނެ ކަމަށް ބުނެފައިވެއެވެ.

މި ޕްރޮޖެކްޓުގެ ސަބަބުން ކައިރި މި ސަރަހައްދުގެ ވިޔަފާރިތައް ފުޅާކުރުމަށް މަގުފަހިވާނެކަން އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، "ކިނާރިއާ"ޑެސްޓިނޭޝަން އައިލެންޑްގެ ނަމުގައި ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިންގ އަދި ހިތްހަމަޖައްސާލުމަށް ދިއުމަށް އެންމެ އެކަށީގެންވާ ގޮތަށް ކުޑަގިރި ފަޅުގައި ވެސް ރަށެއް ތަރައްގީ ކުރަން ވަނީ ނިންމާފައެވެ.

މިތަނަށް، މާލެއިން ސްޕީޑް ބޯޓުގައި 15 މިނެޓުން ދެވޭ މިތަން ތަރައްގީ ކުރާނީ އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއްގެވެސް ގޮތުގައި ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، ގެސްޓް ހައުސް ސްޓޭއާއި ސްޕާތައްވެސް މިތަނުގައިހުންނާނެ ކަމަށް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ