ރައީސް މުއިއްޒު ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ކުރެހުމެއް
ހަބަރު
13 Nov 2024 | 01:26
ރައީސް ޑރ.މުއިއްޒު ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫޢު އިއުލާނުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫޢު އެޗްޑީސީން މިރޭ އިއުލާނުކޮށްފިއެވެ.

އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު އިއުލާނު ކޮށްފައިވަނީ، އެޗްޑީސީން މިރޭ، އިފްތިތާހުކުރި އިންގިލާބީ ޕްރޮޖެކްޓްތަކުގެ ތެރެއިންނެވެ. ހުޅުމާލެއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ""ޓްރާސްފޯމިންގ ޓުމޯރޯ" މަޝްރޫޢު ތައާރަފްކޮށްފައިވަނީ އެކަމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ބޭއްވި ހަފްލާއެއްގައެވެ.

އަދުގެ ސަރުކާރުގެ ފުރަތަމަ ހައުސިން މަޝްރޫޢު އިއުލާނުކުރިއިރު، 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓާއެކު ދެ ސޯޝަލް ހައުސިން ޔުނިޓް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ތިން ކޮޓަރީގެ 1020 އެޕާޓްމަންޓް ހެދިގެންދާއިރު، ދެ ކޮޓަރީގެ 680 އެޕާޓްމަންޓް ހެދިގެންދާނޭކަމަށް އެޗްޑީސީން ބުނެއެވެ.

މި ހައުސިން ޔުނިޓް ތަރައްޤީކޮށް ނިމޭއިރު، ޕާކްކުރާނެ ޖާގަ އާއި، ވިޔަފާރީގެ އުސޫލުން ހިންގުމަށް ތަންތަން ދިނުމަށް ވަނީ ނިންމާފައެވެ. 

މީގެ އިތުރުންވެސް އެޗްޑީސީން ވަނީ އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަށް ފާހަގަކޮށްލެވޭ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

އެޗްޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ކުރެހުމެއް

މީގެ ތެރޭގައި ސްމާޓްވެއަާ ހައުސް ކޮމްޕްލެކްސް އާއި ފަރުކޮޅުފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެޕާޓްމަންޓްތަކާއި ހޮޓާތައް ހިމެނެއެވެ. މީގެ އިތުރުން އެޗްޑީސީގެ ޒަމާނީ އޮފީހެއް ތަރައްޤީކުރުމާއި، އެސްއެމްއީ އިމާރާތެއް އެޅުމުގެ އިތުރުން ގަލުފަޅުގައި ލަގްޒަރީ ވިލާތަކެއް ތަރައްޤީކުރުންވެސް ހިމެނެއެވެ.

އެޗްޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ކުރެހުމެއް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، މި މަޝްރޫޢުއާއެކު ޤައުމުގެ އިގްތިސާދު މުޅިން އައު ހަރުފަތަކަށް ޖެހިލައި ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަ ފުރުސަތުތަކެއް ލިބިގެންދާނޭ ކަމަށެވެ. 

ތަފާތު އެކިއެކި ދާއިރާތަކުން އިފްތިތާހުކުރެވުނު މި މަސައްކަތްތަކަކީ ޖުމްލަގޮތެއްގައި އެޗްޑީސީގެ ކުރިއެރުމާ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފަސޭހަކުރުމާއި އަދި ވިޔަފާރިވެރިންނަށް ހާއްސަ ގޮތެގައި ފަހިފުރުސަތުތަކެއް މި ޕްރޮޖެކްޓްގެ އަލީގައި ފަހިކޮށްދިނުން.

ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އެޗްޑީސީގެ މި މަޝްރޫޢުގެ ދަށުން އެސްއޯއީ ބިލްޑިން ކުރިއަށްއޮތްތަނުގައި ވިޔަފާރިހިންގުމަށް އޮފީސް ލިބިދާނޭ ކަމަށާއި އޭގެ އިތުރުން އެޗްޑީސީގެ ޒަމާނީ އޮފީސް އިމާރާތުގެ ސަބަބުން ބޭރުގެ ފަރާތްތަކަށާއި ރައްޔިތުންގެ އިތުރުން އެޗްޑީސީގެ މުއައްޒަފުންނަށްވެސް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށެވެ.

އެޗްޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ކުރެހުމެއް

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، ހުޅުމާލޭގެ ފޭސް 3 ހިއްކުމުގެ މަސައްކަތް މިއަދާހަމަޔަށް އާއިރު މަޑުޖެހުނުކަން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް އެކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

އެޗްޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ކުރެހުމެއް

ނަމަވެސް މިއަދު މިހާހިސާބަށް އާއިރު ގިނަ ގޮންޖެހުންތަކެއް ޚަދައްތުކޮށް ނިމިފައިވާކަމަށާއި، މިގޮތުން ބިންވެރިޔާ ސްކީމުގެ ހުޅުމާލެ ފޭސް 3 ގެ ގޯތި ލިބިފައިހުރި ރައްޔިތުންނަށް ހައްގުވާ ގޯތިތައް އަންނަ އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ދޭނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.