އެޗްޑީސީގެ ޕްރޮޖެކްޓްތައް އިފްތިތާހްކުރުން-- ފޮޓޯ: އެޗްޑީސީ
ހަބަރު
13 Nov 2024 | 11:53
15 މަޝްރޫއަކާއި އެކު އެޗްޑީސީން އިންގިލާބީ ބަދަލަކާއި ދިމާލަށް!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ 15 މަޝްރޫއެއް ރޭ އިފުތިތާހުކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި "ޓްރާންސްފޯމިންގް ޓުމޯރޯ: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންސް ކީ ޕްރޮޖެކްޓްސް"، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިފްތިތާހްކޮށްދެއްވިއިރު، މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

1) ރަސްމާލެ - ރާއްޖޭގެ ފުރަތަމަ އީކޯ ސިޓީ:

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އިފްތިތާހްކުރެވިގެންދިޔަ މި މަޝްރޫއުގެ ދަށުން 65،000 ހައުސިން ޔުނިޓާއި އެކު 325،000 މީހުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެއެވެ.

2) ރޯ ހައުސް- މޮޑާން ކަނެކްޓެޑް ހޯމްސް (ހުޅުމާލެ):

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 32 ޔުނިޓް އެޅިގެންދާއިރު، މި ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރާނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި، ޕޫލް އަދި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ.  

3) ސޯޝަލް ހައުސިން ޕްރޮޖެކްޓްސް (ހުޅުމާލެ):

ހުޅުމާލޭގައި ކުރިއަށް ގެންދާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއުގެ ދަށުން ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިން އެޕާޓްމަންޓްސް ހިމެނޭހެން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމްކުރާނެއެވެ.

4) މޮޑާން ޕްރީފެބް ހޯމްސް- އިނޮވޭޓިވް، ސަސްޓެއިނަބަލް ލިވިން (ހުޅުމާލެ):

ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ޑިޒައިން ކަސްޓަމައިޒް ކުރެވޭ ގޮތަށް، އަވަހަށް އަދި ކުޑަ ހަރަދަކުން އިމާރާތް ކުރެވޭނެ ގެތަކެއް ބިނާކުރެވިގެންދާނެއެވެ.

5) ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިން (ހުޅުމާލެ):

ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މަޝްރޫއުގެ ސަބަބުން ޕްރައިވެޓް ލަގްޒަރީ ލިވިން ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިވެގެންދާނެއެވެ. މިގޮތުން އެތަނުގައި 20 ބީޗް ވިލާއާއި، 60 ގާޑަން ވިލާއާއި، 26 އާބަން ވިލާ އަދި 230 ސަރވިސް އެޕާޓްމަންޓް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް،  ޕްލާޒާ، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް، ކްލަބްހައުސް، ރެސްޓޯރަންޓް އަދި ލެޕް ޕޫލް ފަދަ ހިތްގައިމު ވަސީލަތްތައް ގާއިމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

6) އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ):

މިއީ ސަރުކާރު ހިއްސާވާ ކުންފުނިތައް އެއް އިމާރާތެއްގައި ހިންގޭ ގޮތަށް އަޅާ 10 ފަންގިފިލާގެ އިމާރާތެކެވެ.

އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ)-- ފޮޓޯ: އެޗްޑީސީ

7) އެޗްޑީސީ ބިލްޑިންގް (ހުޅުމާލެ):

މިއީ އެޗްޑީސީގެ އައު ހެޑް އޮފީހެވެ.

8) އެލްޑަލީ ކެއާ ފެސިލިޓީ (ހުޅުމާލެ):

މި ފެސިލިޓީން އިސްރަށްވެހިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

9) ޕާކިން ބިލްޑިން- އިނޮވޭޓިވް ޕާކިން ސޮލިއުޝަން (ހުޅުމާލެ):

މިއީ ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ ތަރައްގީކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

10) އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ):

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޭސިން ޓްރެކް، ޑްރިފްޓް ޓްރެކް، ގޯ-ކާޓް ޓްރެކް، ޕެއިންޓްބޯލް، ރޯލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކެއް ހިމެނޭ ގޮތަށް، ހުޅުމާލޭގައި ތަރައްގީކުރާ މަޝްރޫއެކެވެ.

އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ)-- ފޮޓޯ: އެޗްޑީސީ

11) ހިސްޓްރީ ސެންޓަރު (ހުޅުމާލެ):

މިއީ ރާއްޖޭގެ ތާރީޚު ކިޔައިދިނުމަށްޓަކައި ބިނާކުރާ  ތާރީޚީ މަރުކަޒެކެވެ.

12) ނޮލެޖް ޕާކް- އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ):

މިއީ މާލެ ސަރަހައްދުގެ ވަކިވަކި ކޮލެޖް ޔުނިވާސިޓީތައް ހިންގުމަށް ޖާގަ ދޫކުރާނެ ސެންޓަރެކެވެ.

ނޮލެޖް ޕާކް- އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ)-- ފޮޓޯ: އެޗްޑީސީ

13) ނޫވެލި- އައިލެންޑް ރިޓްރީޓް (ގަލުފަޅު):

ލެގޫން ވިއު ފެންނަ 31 ޔުނިޓާއި، ހޮރައިޒަން ވިއު ފެންނަ 31 ޔުނިޓު އަދި 39 ގެސްޓް ވިލާ ތަރައްގީކުރާގޮތަށް، ގަލުފަޅުގެ ފަޅުތެރޭގައި "ނޫވެލި" ގެ ނަމުގައި ލަގްޒަރީ ގެތަކެއް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެކެވެ.

14) ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް (ކުޑަގިރި ފަޅު):

މިއީ  ޓޫރިޒަމާއި، މުނިފޫހި ފިލުވުމާއި، ކޭމްޕިން އަދި ހިތްހަމަޖައްސާލުމަށް ދިއުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ އައިލެންޑެކެވެ.

15) ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް (ހުޅުމާލެ):

 މިއީ ކޯލްޑް ސްޓޯރޭޖާއި، ވެއާހައުސިންގް އަދި ލޯކަލް ވިޔަފާރިތަކަށް ހާއްސަ ވެއާ ހައުސް ކޮމްޕްލެކްސް އެއް ހިމެނޭ ތަނެކެވެ.

16) ސީނިކް ސިޓީ- ގަސް އިންދުމުގެ މަޝްރޫއު (ހުޅުމާލެ):

މި މަޝްރޫއުގެ މަގްސަދަކީ މި ދައުރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމެވެ.

މީގެ އިތުރުންވެސް މި ރަސްމިއްޔާތުގައި  އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަންއަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ، ފަޒުލް ރަޝީދު އަދި ސިޓީ ޑިވޮލަޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ޑޭވިޑް ޕިއެރިސް ސޮއިކުރައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ