ވިނަރެސް ފުލެޓްތައް : ފޮޓޯ/ ވޮއިސް
ހަބަރު
26 Nov 2024 | 13:07
ވިނަރެސް ޓަވަރުތަކުން ކާރު ޕާކު ކުރާނެ ޖާގަ ދޫކުރަން ހުޅުވާލައިފި

ވިނަރެސް މަޝްރޫޢު އިން ފުލެޓް ގަނެފައިވާ ފަރާތްތަކަށް ކާރު ޕާކު ކުރާނެ ޖާގަ ދޫކުރަން ހައުސިންގ ޑެެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، އެ އިމާރާތްތަކުން ޕާކިންގ ޖާގަ ދޫކުރުމަށް ނިންމާފައި ވަނީ ދެ މޮޑަލްއެއްގެ ދަށުން ކަމަށެވެ.

މިގޮތުން އިމާރާތުގެ ތެރެއިން، ކާރު ރެޖިސްޓްރީ ކުރުމުގެ ހުއްދައާއެކު ޖުމްލަ 76 ޖާގައަކާއި، އިމާރާތުގެ ބޭރުން ހަމައެކަނި ޕާކް ކުރުމުގެ ބޭނުމަށް 78 ޕާކިންގ ޖާގަ ދޫކުރުމަށް ނިންމާފައިވާ ކަަމަށް ބުނެފައިވެއެވެ.

ޕާކިންގ ޖާގައަށް އެދި ހުށަހެޅުމުގެ ޝަރުތުތައް:

- ވިނަރެސް ފްލެޓް ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މައި-އެޕްލިކަންޓަށް ވުން

- އެ ކޯޕަރޭޝަނަށް ޑިސެމްބަރު 5ގެ ނިޔަލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި، އެ ފައިސާ ނުދައްކާ ހުރި މީހަކަށް ނުވުން

އެޗްޑީސީން ބުނިގޮތުގައި، ކޮންމެ މީހަކަށްވެސް ދޫކުރެވޭނީ ޕާކިންގ އެއް ޖާގައެވެ. އަދި ޕާކިންގ ޖާގައަކީ ފްލެޓް ގަތުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ޖާގައެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.

އިމާރާތުގެ ތެރެއިން، ބީލަމުގެ އުސޫލުން ޕާކިންގ ޖާގަތައް ވިއްކަން ނިންމާފައިވާ ގޮތުގެ ތަފްސީލު؛

* ބީލަން ފެށޭ އަގަކީ 650،000ރ

* ޕާކިންގ ޖާގަ ގަންނަ މީހުންނަށް މި ޖާގައިގައި ކާރު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރެވޭ

* މެބީލަން ކާމިޔާބު ކުރާ މީހުންނަށް ޕާކިންގ ޖާގައިގެ ޖުމްލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް

މާރާތުގެ ބޭރުން ހަމައެކަނި ޕާކް ކުރުމުގެ ބޭނުމަށް ޕާކިންގ ޖާގަތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލު؛

* ބީލަން ފެށޭ އަގު މަހު ކުލީގެ ގޮތުގައި 2،000ރ

* ޕާކިންގ ޖާގަ ކުއްޔަށް ދޫކުރެވޭނީ ފަސް އަހަރަށް

* ސެކިއުރިޓީ ޑެޕޮސިޓްގެ ގޮތުގައި މަހު ކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަދަށްވާ ތިން މަހަށް ވާ ފަައިސާ ދެއްކުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭނެ

* ޕާކިންގ ޖާގަ ދޫކުރެވޭނީ ހަމައެކަނި ޕާކް ކުރުމުގެ ބޭނުމުގައި. އަދި މި ޖާގަތަކުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދެވޭނެ

އެޗްޑީސީން ބުނީ، މިކަމަށް ޝައުގުވެރިވާ މީހުން، ބީލަމުގެ އުސޫލުން ކާރު ޕާކިންގ ޖާގަ ގަތުމަށް ނުވަތަ ކުއްޔަށް ހިފުމަށް އެދި ހުށަޅާނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މި ފުރުސަތު އިއްޔެއިން ފެށިގެން ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އެޗްޑީސީން ވަނީ ހުޅުވާލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ