05 Nov 2024
ނައިބު ރައީސް ކުޅުދުއްފުށި ސިޓީއަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
20 Sep 2024
ޕޯސްޓުމޯޓަމަށް ފަހު މުހައްމަދު ހަސަންގެ ހަށިގަނޑު މާލެ ގެނެސްފި
މި މަހުގެ 11 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެ ރަށު މުހައްމަދު ހަސަންގެ ޕޯސްޓުމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.
14 Sep 2024
ކުޅުދުއްފުށީ ފަޅުތެރެއިން ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ފޮނުވަނީ
ކުޅުދުއްފުށި ސިޓީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިއަދު ފުލުހުން ބުނެފިއެވެ.
11 Sep 2024
ކުޅުދުއްފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހެއްގެ ފެނިއްޖެ!
ހދ. ކުޅުދުއްފުށީ ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށަފިއެވެ.
02 Sep 2024
ކުޅުދުފުއްޓަށް ދިޔަ 9 ބިދޭސީއަކު ހޯދައިފި
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަނުން ސަލާމަތްވުމަށް ހދ.ކުޅުދުފުއްޓަށް ދިޔަ 9 ބިދޭސީއަކު ހޯދައިފިއެވެ.
03 Aug 2024
ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި، ޓަގްބޯޓު ކުޅުދުއްފުއްޓަށް ގެންގޮސްފި
އުތުރުގައި ބަންކަރިން ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި، ޓަގްބޯޓު އިއްޔެ ކުޅުދުއްފުއްޓަށް ގެންގޮސްފިއެވެ.
20 Jun 2024
ކުޅުދުއްފުއްޓާއި މާލެ ސިޓީ ގޮނޑިތަކަށް ވާދަކުރަނީ ޕީއެންސީއާއި އެމްޑީޕީ
ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން އާއްމުކުރި މައުލޫމާތުތަކުން ހާމަވެއްޖެއެވެ.
14 Jun 2024
ކުޅުދުއްފުށީގައި ހުންނަ ކްލިނިކަކަށް ބަޔަކު ވަދެ އެ ތަނަށް ގެއްލުންދީފި
ކުޅުދުއްފުށީގައި ހުންނަ ކްލިނިކަކަށް ބަޔަކު ވަދެ އެ ތަނުން ވައްކަންކޮށް ގެއްލުންދީފިއެވެ.