29 Aug 2023
"ދިވެހީންގެ ރާއްޖެ" ސައިކަލް ބުރަށް ހުޅުމާލެ ޒުވާނުން ނުކުންނަނީ
"ދިވެހިންގެ ރާއްޖެ" ޒުވާނުންގެ ސައިކަލު ބުރު ހުޅުމާލޭގައި ބޭއްވުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއުލާނު ކޮށްފިއެވެ.
28 Aug 2023
"ފޭސް 2 ހިއްކަން ހަވާލުކުރީ ޑރ. ވަހީދުގެ ވެރިކަމުގައެއް ނޫން"
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ފެއްޓެވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަފުޅު، އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ދޮގު ކުރައްވައިފި އެވެ.
28 Aug 2023
"ހުޅުމާލޭ ފޭސް 2 ހިއްކަން ހަވާލުކުރީ އަޅުގަނޑު"
ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަކީ އެމަނިކުފާނުގެ ވެރިކަމުގައި ސޮއި ކުރެވުނު މަޝްރޫޢު އެއް ކަމަށާ، އަދި ސިނަމާލޭ ބްރިޖުގެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައިވެސް އެމަނިކުފާނުގެ ހިއްސާ ނެތް ކަމަށް ނުވާނެ ކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
28 Aug 2023
ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރު ހުޅުވައިފި
ހުޅުމާލޭ ފިޔަވަހި 2 ގައި 'ހިޔާ ތެރަޕީ އެންޑް އިންޓަވެންޝަން ސެންޓަރު' ގެ ނަމުގައި ކެއަރ ސެންޓަރެއް ހުޅުވައިފިއެވެ. އިއްޔެ ވަހީރު އޮތް ރަސމިއްޔާތެއްގައި މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
23 Aug 2023
މާދަމާ ލިންކު ރޯޑުގެ ބައެއް ހިސާބުތައް ބަންދު ކުރަނީ
ހުޅުމާލެ ލިންކު ރޯޑުގެ ބައެއް ހިސާބުތައް މާދަމާ ބަންދު ކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
21 Aug 2023
"ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނަން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
21 Aug 2023
20 އަހަރަށް އަމާޒުކޮށް 65,000 ގެދޮރު ޔަގީން ކުރާނަން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހިމަނާފައިވާ ގެދޮރުވެރިކަމާއި އާބަނައިޒޭޝަން ސްކީމުގައި ހިމެނޭ މުހިންމު ކަންކަން އާދިއްތަ ދުވަހުގޭ ވަނީ އިފްތިތާހުކޮށްފަ އެވެ.
20 Aug 2023
ހުޅުމާލޭ ފަޅު ހިއްކުމާއި ދެކޮޅަށް ޕެޓިޝަންގައި ސޮއިކުރުން މިރޭ
ހުޅުމާލޭ މާސްޓަރ ޕްލޭނާއި ހިލާފަށް ހުޅުމާލޭ ފަޅުން ބޮޑުބައެއް ހިއްކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން މަސައްކަތްކުރަމުންދާތީ އެކަން ހުއްޓުވުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުމަށް އާންމު އަމިއްލަ ޖަމިއްޔާއަކުން ނިންމައިފިއެވެ.