ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ކާރަކާއި ތިން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް--
ހަބަރު
28 Nov 2023 | 14:24
ހުޅުމާލެ ސެންޓްރަލް ޕާކް ކައިރި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ

މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ކާރަކާއި ތިން ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވެ ހާލު ސީރިއަސްވި ދެމީހުންގެ ތެރެއިން އެކަކު މިއަދު ނިޔާވެއްޖެއެވެ.

ލިބުނު އަނިޔާތަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރު 2:06 ހާއިރު ނިޔާވީ 59 އަހަރުގެ އިސްމާޢީލް ވަޙީދެވެ. 

މި އެކްސިޑެންޓުގައި 4 މީހަކަށް އަނިޔާވެފައިވާއިރު ފިރިހެންމީހާގެ އިތުރުން އަނިޔާވި އަންހެން މީހާގެ ހާލުވެސް ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

އަންހެންމީހާ އަދިވެސް އޮތީ އައިސީޔޫގައެވެ. އެހެންނަމަވެސް އޭނާގެ ހާލު މިހާރު ސްޓޭބަލް ވަމުން އަންނަ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ބަންދަށް 7 ދުވަސް ޖަހައި ޕޮލިހުން އަންނަނީ މައްސަލަ އިތުރަށް  ތަހުގީގުކުރަމުންނެވެ.

އިއްޔެ މެންދުރުވެސް ހުޅުމާލެ އަށް ހައިވޭއިން އަރާ ހިސާބުގައި ކާރަކާއި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
08 Jul 2026
ފްރާންސާ މޮރޮކޯ މެޗް އިންސާފްކުރާނީ އާޖެންޓީނާގެ ރެފްރީން
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުން ވަނީ ފީފާއަށް ފާޑުކިޔާފައެވެ
08 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނު، ފޮރިން މިނިސްޓްރީން ސަބަބު ބުނެދީފި
އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާން ގެ ހާރިޖީ ވަޒީރަށް ފޮނުވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
08 Jul 2026
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ މައްސަލަތަކެއް
އާޖެންޓީނާގެ އެފްއޭއިން މަނީ ލޯންޑަރ ކުރުމުގެ އަމަލުތަކެއް ހިންގާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ވަރލްޑްކަޕަށް ތައްޔާރުވަމުންދިޔައިރު، ޓާޕިއާގެ މައްޗަށް އެކިއެކި ކަންކަމުގައި ވަނީ ތުހުމަތުތައް ކުރެވިފައެވެ
08 Jul 2026
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ދެފަރާތުން އެއްބަސްވުން
އެލައިޑް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާއި، އިލްމީ ދިރާސާތައް ހިއްސާކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން ކަމަށެވެ.