އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު--
ހަބަރު
23 Nov 2023 | 11:51
މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ހުޅުމާލޭގައި އަޅަނީ؛ ބިންގާ އެޅުން ޖަނަވަރީގައި!

‏މިސްކިތް ފަންޑު ތަރައްގީކޮށް، ވަޤުފު އިމާރަތްތައް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ‎ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތުގެ ބިންގާ އަންނަ ޖަނަވަނީ މަހު އެޅިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

މިކަން އިއުލާން ކުރައްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒުގެ ވަޢުދު ފުޅުތަކުގެ ތެރޭގައި، މިސްކިތް ފަންޑު ތަރައްގީކޮށް، ވަޤުފު އިމާރަތްތައް އިތުރުކޮށް، މިސްކިތު ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން، އެ ވައުދާއި އެއްގޮތަށް މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތުގެ ބިންގާ، އަންނަ ޖަނަވަނީ މަހު ހުޅުމާލޭގައި އެޅިގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. 

ޝަހީމް އިތުރަށް ވިދާޅުވީ، މިހާރު ޤާއިމު ކުރެވިފައިވާ ވަޤުފު ފަންޑު އިމާރާތް ކަމަށްވާ ދާރުލްއީމާން އިން އަހަރު 6 މިލިއަނެއްހާ ރުފިޔާ ފަންޑަށް ވަންނަ ކަމަށެވެ. އަދި އެ ފައިސާ ޚަރަދުކުރަމުން ދަނީ މިސްކިތްތައް މަރާމާތުކުރުމާއި ޙާލަތު ރަނގަޅުކުރުމަށް ކަމަށް ޝަހީމް ވިދާޅުވި އެވެ. 

ހުޅުމާލޭގައި ވަގުފް އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، ވަގުފް އިމާރާތް އިތުރު ކުރެއްވުމަށްޓަކައި ސިޓީ ތަކުގައިވެސް އެފަދަ އިމާރާތްތައް އެޅުމަށް މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެގޮތުން ސިޓީތަކުގައި ވަގުފް ބިންތައް ކަނޑައަޅައި، އެ ބިމުގައި ސަރުކާރުގެ ހިދުމަތްދޭ އިދާރާތައް ގާއިމު ކުރުމަށް ވަނީ ކެންޕެއިންގެ ތެރެއިން ވަޢުދުވެވަޑައިގެންފައެވެ. 

ރާއްޖޭގެ ފުރަތަމަ ވަގުފް އިމާރާތުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ޑރ. ޝަހީމް އިސްލާމިކް މިނިސްޓަރ ކަމުގައި ހުންނަވައިގެންނެވެ. 

މާފަންނު މަދަރުސާއާއި ކުރީގެ ރާވެރިޔާ ރެސްޓޯރެންޓާއި ދެމެދު އޮންނަ ހުސް ބިމުގައި ދާރުލްއީމާންގެ ނަމުގައި ހަދާފައިވާ އެ އިމާރާތަކީ 10 ފަންގިފިލާގެ އިމާރާތެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.