31 Aug 2024
އެމް.އޭ.ސީ.އެލްއިން ވިންޓަރ ސީޒަނަށް ތައްޔާރުވަނީ
މިއަހަރުގެ ފަތުރުވެރިކަމުގެ ވިންޓަރ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މިއަދު 'ވިންޓަރ ޕްރެޕް ކިކްއޮފް 2024' ގެ ނަމުގައި ޚާއްސަ އިވެންޓެއް ބާއްވައިފިއެވެ.
29 Aug 2024
އެމްއޭސީއެލްގެ ފިއުލް ސަރވިސަސްއިން އިންހައުސް ތަމްރީނުތައް ފަށައިގެން ކުރިއަށް..
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފިއުލް ސަރވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިން-ހައުސް ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
23 Aug 2024
ތަޖުރިބާ ދަތުރެއްގައި ސީޝެލްސްގެ ވަފުދެއް ވީއައިއޭއަށް ޒިޔާރަތްކޮށްފި
ސީޝެލްސް އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ތަޖުރިބާ އާއި ލަފާ ހޯދުމަށް އެގައުމުގެ ދަތުރުފަތުރާބެހޭ ވުޒާރާގެ ވަފުދެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށްފިއެވެ.
21 Jul 2024
އެމްއޭސީއެލް ހިންގާ ބޭސިކް ފަޔަރފައިޓަރ ކޯހުގެ 29 ވަނަ ބެޗް ފަށައިފި
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ބޭސިކް ފަޔަރފައިޓަރ ކޯހުގެ 29 ވަނަ ބެޗް ފަށައިފިއެވެ. މި ކޯހުގައި 12 ފަޔަރފައިޓަރުން ބައިވެރިވެ، ވައިގެ ބަނދަރުގައި އަލިފާނުގެ ހާދިސާތަކާއި މަތިންދާބޯޓުތަކުގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާދިސާތަކަށް އިޖާބަދިނުމަށް ތަމްރީނު ކުރެވޭނެއެވެ. މި ކޯހަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ކޯހެކެވެ.
15 Jul 2024
އަލަށް ޤާއިމުކުރި ޗެކްޕޯސްޓްތަކަކީ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ލިބުނު ބޮޑު ބާރެއް: އެމްއޭސީއެލްގެ އެމްޑީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ސެކިއުރިޓީ ޗެކް ޕޯސްޓެއް މިއަދު ހުޅުވާފއިވާއިރު، މި ޗެެކުޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ ވިދާޅުވީ ޤާއިމު ކުރެވުނު ޗެކް ޕޯސްޓް ތަކަކީ ޒަމާނީ ޗެކް ޕޯސްޓް ތަކެއް ކަމަށާއި އެއާޕޯޓްގެ ސަލާމަތާއި ކައްކާތެރިކަމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
11 Jul 2024
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު ނިންމާލައިފި
ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު މިއަދު ނިންމާލައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ ގުޅިގެން، މިމަހު 9 އިން 11 އަށް ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ.މި ހަރަކާތުގެ މަޤުސަދަކީ، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯރކިންގއާއި ވިޔަފާރި ކުރިއެރުވުމެވެ.
11 Jul 2024
ރޭގަނޑުވެސް ދަތުރުކުރެވޭ ގޮތަށް، ސީޕްލޭން ރަންވޭ ދިއްލާލަނީ!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ސީޕްލޭން ޖައްސާ ފެނުގެ ރަންވޭ ދިއްލުމުގެ މަސައްކަތް ފަށަން މަސައްކަތް ކުރަމުންދާ ކަަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
09 Jul 2024
ވީއައިއޭގައި ހެދި މަރުޙަބާގެ މޮނިއުމެންޓް ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ހެދި މޮނިއުމެންޓު މިއަދު ހުޅުވައިފި އެވެ. އެމްއޭސީއެލް އިން ހާމަ ކުރެއްވި ގޮތުގައި، މިފަދަ މޮނިއުމަންޓެއް ބެހެއްޓީ ވެލާނާ އިންޓަނޭޝަލަން އެއަރޕޯޓު ބޭނުން ކުރާ ފަސިންޖަރުންނަށް ތަފާތު ތަޖުރިބާއެއް ދިނުމުގެ ބޭނުމުގައެވެ.