ދާލަން ކެރިއަރ އެކްސްޕޯގެ ތެރެއިން..
ހަބަރު
17 Nov 2024 | 20:07
ދާލަން ކެރިއަރ އެކްސްޕޯގައި އެމްއޭސީއެލްގެ ސްޓޯލަށް ބޮޑު ތަރުހީބެއް

ހަޔަރ އެޑިއުކޭޝަން، ލޭބަރ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ދާލަން އެކްސްޕޯ 2024 ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ދާލަން އެކްސްޕޯ ކުރިއަށްގެންގޮސްފައިވަނީ، ނޮވެމްބަރުމަހުގެ 15 އިން 16 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.

އެމްއޭސީއެލުން ބުނީ، މި އެކްސްޕޯގައި އެ ކުންފުނީގެ ސްޓޯލަށް ޖުމްލަ 3،377 މީހުން ޒިޔާރަތްކޮށްފައިވާކަމަށެވެ. ސްޓޯލަށް ޒިޔާރަތްކުރި މީހުންގެ ތެރެއިން 600 މީހުން، ވަޒީފާއަށް އެދި ފޯމު ފުރިހަމަކޮށްފައިވާއިރު، 103 މީހަކު، އިންޓަރންޝިޕް ފުރުސަތުގައި ބައިވެރިވުމަށް އެދި ފޯމު ފުރިހަމަ ކޮށްފައިވާކަމަށް އެމްއޭސީއެލުން ބުންޏެވެ.

މި އެކްސްޕޯގައި އެމް.އޭ.ސީ.އެލްގެ 20 ޑިޕަރޓްމަންޓަކުން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް ކުރިއަށްދާ ގޮތާއި، ކުރެވޭ މުހިއްމު މަސައްކަތްތައް ދައްކާލާފައި ވެއެވެ. މިގޮތުން އެމް.އޭ.ސީ.އެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފެއަރގެ ތެރެއިން ވަނީ ވަޒީފާގެ ލިޔުން ހަވާލުކޮށްފައެވެ. މިފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފްއެވެ.

ދާލަން ކެރިއަރ އެކްސްޕޯގެ ތެރެއިން..

އެމްއޭސީއެލުން ބުނީ، ބާކީ ހުރި އެޕްލިކޭޝަންތައްވެސް ޕްރޮސެސް ކުރުމަށްފަހު އިތުރު މީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެންދާނޭ ކަމަށެވެ. މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކޮށް ރެޖިސްޓަރ ކުރި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު 5 މީހަކަށް ލެޕްޓޮޕް އަދި 10 މީހަކަށް އެހެނިހެން ހަދިޔާތައް ދީފައިވާކަމަށެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ، އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދާލަން ކެރިއަރ އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ގުޅުވައި ދިނުމެވެ. މި އެކްސްޕޯގައި އެމް.އޭ.ސީ.އެލްގެ ބައިވެރިވެފައިވަނީ ރާއްޖޭގެ އިގްތިސާދާއި، ކުރިއަރަމުން އަންނަ އޭވިއޭޝަން ދާއިރާގައި ޒުވާނުންނަށް ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތައް ދައްކުވައިދިނުމުގެ މަގުސަދުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.