އެމްޑީޕީ ރިޔާސީ ޕްރައިމަރީ

އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުން ވާދަކުރައްވާ މި ޕްރައިމަރީއަކީ ވާދަވެރި އިންތިހާބެކެވެ. ރައީސް ސޯލިހާއި ނަޝީދގެ ސިޔާސީ ގުޅުން ގޯސްވެ އެމްޑީޕީ އެތެރޭގައި ފާޅުގޮތެއްގައި ދެފެކްޝަނެއްގެ ގޮތުގައި އަންނަނީ ދެބޭފުޅުުންނަށް ނިސްބަތްވެވަޑައިގަންވާ ފަރާތްތަކުން ކެންޕެއިންކޮށް ބަހުގެ ހަމަލާ ރައްދުކުރަމުންނެވެ.