09 Dec 2023
"އައްޑޫ ޕްލާންޓުގައި މައްސަލަޖެހުނީ މަރާމާތުނުކޮށް ގިނަދުވަސްވީމަ"
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ އާރޯޕްލާންޓުގެ ވީއެފްޑީ ޑްރައިވްގައި މައްސަލަ ޖެހުނު މައިގަނޑު ސަބަބަކީ މަރާމާތު ކުރުމާއި ބެލެހެއްޓުން ކުރިއަށް ގެންދަންވީ ގޮތާއި ގުޅޭގޮތުން އިދާރާތަކުން އަންގާފައިވާ ގޮތަށް ފެނަކައިގެ ކުރީގެ މެނޭޖުމެންޓުން އެ މަސައްކަތްތައް ކޮށްފައި ނުވާތީ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.