ފެނަކަ އެމްޑީ މުއާޒް-- ފޮޓޯ: ފެނަކަ
ހަބަރު
01 Aug 2024 | 15:25
މަގު ބައްތިތައް ރައްކާތެރި މިންގަނޑަށް ފައްތަން ކައުންސިލްތަކަށް އިތުރު މުއްދަތެއް ދީފި

ރަށްރަށުގައި ހުރި މަގު ބައްތިތައް ރައްކާތެރި މިންގަނޑަށް ފައްތަން އިތުރު މުއްދަތެއް ކައުންސިލްތަކަށް ފެނަކަ ކޯޕަރޭޝަނުން ދީފިއެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، މަގު ބައްތިތައް މިންގަނޑަށް ފައްތަން ގިނަ ކައުންސިލްތަކުން އިތުރު ވަގުތު ބޭނުންވާތީ އިތުރު 1 މަސް ދުވަހަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ.

މަގު ބައްތިތައް ރައްކާތެރި މިންގަނޑަށް ފެއްތުމަށް ކައުންސިލްތަކަށް މުއްދަތެއް ދިނުމަށްފަހު، ރައްކާތެރި މިންގަނޑާ ޚިލާފަށްހުރި މަގު ބައްތިތަކަށް ކަރަންޓުގެ ޚިދުމަތް ކަނޑާލާނެކަމަށް ކައުންސިލްތަކަށް އަންގާފައިވާކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، އިތުރުކޮށްދިން 1 މަސް ދުވަސް މިއަދަށް ހަމަވާއިރު، އަދިވެސް ކައުންސިލްތަކަށް އިތުރު ވަގުތު ބޭނުންވާތީ މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ. މިއަށްފަހު އިތުރަށް މުއްދަތު ނުދެވޭނެ ކަމަށް މުއާޒް ވިދާޅުވިއެވެ.

"ޤާނޫނީ ގޮތުން މަގު ބައްތިތައް ބަލަހައްޓަންޖެހޭނީ ކައުންސިލްތަކުން. މަގު ބައްތިތަކަކީ ރައްކާތެރި އެއްޗެއްކަން ކައުންސިލްތަކުން ކަށަވަރު ކުރަންޖެހޭ."

މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ޔޫއާރުއޭގެ މިންގަނޑާ ޚިލާފަށް މަގު ބައްތިތައް ހަރުކޮށްފައިހުރި 144 ރަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މުއާޒް މިފަދައިން ވިދާޅުވިއިރު، މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ރ. އުނގޫފާރުގައި، މަގުބައްތިއެއް ކައިރީ އޮތް ފެން ކޯރެއްގެ ތެރޭގައި ކުޅެން ތިބި ކުދިން ތަކެއް ކަރަންޓްގައި ޖެހި ހިނގާދިޔާ ހާދިސާގައި އެއްކުއްޖަކު ނިޔާވުމާއި ގުޅިގެން ފެނަކައިން ވަނީ ރަށްރަށުގެ މަގު ބައްތިތައް ހުރީ ރައްކާތެރިގޮތުގައިތޯ ކަށަވަރުކުރަން ރާއްޖޭގެ ހުރިހާ ރަށެއްގައި މަގު ބައްތިތަކުގެ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި އިންސްޕެކްޝަނަށްފަހު ގިނަ ރަށްރަށުގެ މަގު ބައްތިތައް ހުރީ ރައްކާތެރި މިންގަނޑާ އެއްގޮތަށް ނޫންކަން ފާހަގަކުރެވިފައިވާއިރު، މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު އެ ކުންފުނިން ވަނީ މީގެ ފަހުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނީ ޔޫޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީ، ޔޫއާރުއޭއިން ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށްހުރި މަގު ބައްތިތަކަށް ކަމަށް އަންގާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ