ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް
ހަބަރު
26 Dec 2024 | 13:43
ފެނަކައިގެ ކުރީގެ އެމްޑީ، މުއާޒް ވިދާޅުވަނީ އޭނާ ނުފިއްލަވާކަމަށް!

ފެނަކައިން އިސްތިއުފާ ދެއްވުމަށްފަހު ޤައުމުދޫކޮށް ފިއްލަވައިގެން އުޅުއްވާކަމަށް ދެކެވޭ ވާހަކަތައް ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ދޮގުކުރައްވައިފިއެވެ.

މިދިޔަ ހޯމަދުވަހު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދާ ގުޅޭގޮތުން ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ގެންދަނީ އޭނާއަށް ނިސްބަތްކުރައްވައި ތަފާތުއެކިއެކި ތުހުމަތުތައް ކުރައްވަމުންނެވެ. މިގޮތުން އެއްބަޔަކު ވަނީ ފެނަކައިން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ފިއްލަވާފައިވާކަމަށް ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ ފިލަންޖެހޭވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށާއި، އޭނާ މިވަގުތު ހުންނެވީ އާއިލާއާއެކު ބޭސްފަރުވާއަށް އަވައްޓެރި އިންޑިއާގައި ކަމަށެވެ. މިގޮތުން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނޭކަމަށްވެސް މުއާޒް ވަނީ ވިދާޅުވެފައެވެ.

ފެނަކައިން މުއާޒު އިސްތިއުފާދެއްވީ އޭނާގެ ކޮރަޕްޝަން ކަންތައްތަކެއް ފެންމަތިވުމުންކަމަށް އިސްތިއުފާ ދެއްވި ދުވަހުން ފެށިގެން ބައެއް ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންނެވެ. މީގެ ތެރޭގައި ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުން ހިމެނެއެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން މުއާޒު މީގެކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްތިއުފާދިނީ ސަރުކާރުން އޭނާގެ މައްޗަށް އެފަދަ އެއްވެސްކަމެއް ތުހުމަތުކޮށްގެން ނޫންކަމަށެވެ. ބައެއް ފަރާތްތަކުން މުއާޒަށް ނިސްބަތްކޮށް ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އޭނާ ވިދާޅުވީ، ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާނެކަމެއް ނެތްކަމަށާއި، ދައްކަން ޖެހިއްޖެއްޔާ ލައްކަ ވާހަކަ އެބަހުރިކަމަށެވެ.

މުއާޒުގެ ވާހަކަތަކަށް ބަލާއިރު، ސަރުކާރުގެ ބައެއް ފަރާތްތަކާއި އޭނާ އާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތްކަން ފާހަގަކޮށްލެވެއެވެ.

ފެނަކައިން އިސްތިއުފާ ދެއްވި ސިޓީގައި މުއާޒު ވިދާޅުވެފައިވަނީ، މަގާމުން އިސްތިއުފާ ދޭންޖެހުނީ ކުންފުނީގެ މާލީ ހާލަތު އޮތްގޮތުންނާއި، އަދި ކަންކަން ދާގޮތުން ފެނަކައިުގެ މުސްތަގްބަލު ފަހިވާނޭކަމަށް ނުބެލެވޭތީ ކަމަށެވެ.

މުއާޒު އެގޮތަށް ވިދާޅުވިއިރު، މީގެ އަހަރެއްހާ ދުވަސްކުރިންވެސް ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މާލީހާލަތު އެންމެ ދަށް ކުންފުންޏެވެ. ފެނަކައިގެ މާލީހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި ހުރީ 4 ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ