ފެނަކައިގެ އެމްޑީ މުޢާޒު (ފޮޓޯ/ ރައީސް އޮފީސް)
ހަބަރު
28 Apr 2024 | 14:26
ސްމާޓް މީޓަރު ޕްރޮޖެކްޓާއެކު ކަރަންޓް އިގްތިޞާދު ކުރަން އާއްމުންނަށް ފަސޭހަވެގެންދާނެ: މުޢާޒު

ކަރަންޓް ބޭނުން ކުރެވޭ މިންވަރު ދުވަހުން ދުވަހަށް ބަލާލެވޭ ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓެއް ފެނަކައިން ކުރިއަށް ގެންދާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޢާޒު ވިދާޅުވީ، މި މަހުގެ ކަރަންޓް ބިލު ބޮޑުކަމުގެ ޝަކުވާ ވަރަށް ގިނައިން ފެނަކައަށް ވެސް ލިބިފައުވާ ކަމަށެވެ. އެ ޝޚުވާބތަކާއި ގުޅިގެން ރީޑިން ނެގުމުގެ މައްސަލައެއް ހުރިތޯ އާއި ޔޫއާރއޭއިން ކަނޑަޅާފައި ހުރި މިންގަނޑުތަކަށް ބިލު ކުރެވުފައި ހުރިތޯ ޔަގީންކުރެއްވި ކަމަށް މުއާޒް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއްގައި މައްސަލައެއް އުޅެކަން ފާހަގަކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއާއެކު މުޢާޒު ވިދާޅުވީ ރޯދަމަހު ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރު ވެގެން ގޮސްފައިވާއިރު، އެ މަސް ވެގެން ދިޔައީ ވަރަށް ހޫނު ގަދަ މަހަކަށް ވުމުންވެސް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރު ވި ކަމަށެވެ. އެހެން ކަމުން، ބިލު ބޮޑު ވެގެން ދިޔަ ބިލްތައްވެސް ގިނަ ކަން އޭނާ ފާހަގަކުރެއްވިއެވެ. 

މުއާޒް ވިދާޅުވީ އެފަދަ މައްސަލަ ތަކަށް ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށާ، އަދި ކަރަންޓް ބޭނުން ކުރެވޭ މިންވަރާ މެދު ރައްޔުތުން އިތުރަށް ސަމާލުވުމަށް އެހީވެދިނިމަށް ސްމާޓް މީޓަރ ޕްރޮޖެކްޓެއް ކުރިއަށް ގެންދާ ކަމަށެވެ.  

ފެނަކައިގެ ފަރާތުން ސްމާޓް މީޓަރ ޕްރޮޖެކްޓެއްވެސް މިހާރު ފަށައިގެން މިއުޅެނީ. މާނަ އަކީ ކޮންމެ ދުވަހަކު އެގެއަށް ކޮންޒިޔުމް ކުރެވޭ ޔުނިޓް ތަކުގެ އަދަދު އޭރުން ވަގުތުން ބެލެން ހުންނާނެ. މާނަ އަކީ މާދަމާ ނިމޭ އިރު މިހާރު ބިލަށް އަރާފައި ހުރި ވަރު އެނގޭނެ. އެހެންވީމާ އޭރުން ކަސްޓަމަރުންނަށް އެނގޭނެ އިތުރަށް އިކޮނަމައިޒް ކުރަން. އޭރުން މަގުފަހި ވެގެންދާނެ ބޭނުން ލެވެލްގައި ކަރަންޓް ބިލު ބަހައްޓަން. 

މުޢާޒު އަހުމަދު ރަޝީދު

މުޢާޒު ވިދާޅުވީ ދ އަތޮޅުގައި އެ ޕްރޮހެކްޓް ކުރިއަށްދާ ކަމަށާ، އެގޮތުން ކުޑަހުވަދޫގައި މިހާރު ޕްރިޖެކްޓްގެ މަސައްޖަތް ނިމިފައިވާ ކަމަށެވެ. 

ސްމާޓް މީޓަރ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުގައި ފެނަކައިން ފެށި ޕްރޮޖެކްޓެކެވެ. އެ މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ. ސްމާޓް މީޓަރުގެ ސަބަބުން ބޭނުންކުރާ މިންވަރު ކޮންޓްރޯލު ކުރަން ފަސޭހަވެ ކަރަންޓު އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން އޭރު ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ