ފެނަކައިގެ އެމްޑީ މުއާޒް
ހަބަރު
23 Dec 2024 | 11:25
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުކަމުން މުއާޒު އިސްތިއުފާދެއްވައިފި

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރުކަމުން މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާދެއްވައިފިއެވެ.

މުއާޒް ވަނީ އޭނާ މަގާމުން އިސްތިއުފާދެއްވި ސިޓީ އެކްސްގައި ހިއްސާކުރައްވާފައެވެ. އިސްތިއުފާގެ ސިޓީގައި މުއާޒް ވިދާޅުވެފައިވަނީ، ހުރި ގޮންޖެހުންތަކާއެކުވެސް ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. 

ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގުން ބައްޓަން ކުރަންޖެހޭ ތަންތަނަށް ވީނަމަވެސް ފެނަކަ ފެނަކައަށް ދިމާވެފައިވާ މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހީލް ކަމެއްކަމަށެވެ.

މުއާޒު ފާހަގަކުރެއްވި ބައެއް ކަންކަން

- އަތޮޅުތެރޭގެ އިންޖީނުގެތަކުގެ މެއިންޓަނަންސް ރަނގަޅަށް ބަލަހައްޓާފައި ނުވުމުން އެކަން ބޮއްސުންލައިގެން ދިއުން

- ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތުން

- ކުންފުންޏަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުއައްޒަފުން ތިބުން

- ކުންފުނި ރަނގަޅުކުރުމަށް ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން ނުލިބުން

- ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު އިތުރުވުން

މުއާޒް ވިދާޅުވީ ފެނަކައިގެ ހާލަތު ކިތަންމެ ދަށުގައި އޮތްނަމަވެސް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅިފައިވާކަމަށެވެ. މިގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ ހަރަދުތަކުން 160 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާކަމަށް މުއާޒް ފާހަގަކުރެއްވިއެވެ.

މުއާޒް ވަނީ ފެނަކައިގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނޭކަން ސިޓީގައި ފާހަގަކުރައްވާފައެވެ. ފެނަކަ ދަރަނިން ސަލާމަތްކުރުމަށް ތައްޔާރުކުރި ޕްލޭން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރިނަމަވެސް މިކަމަށް އަލިމަގެއް މިއަދާ ހަމަޔަށް އާއިރުވެސް ފެނިފައި ނުވާކަމަށާއި އަދި ފާއިތުވި އޮކްޓޯބަރު އަދި ނޮވެމްބަރުމަހު މުސާރަ މުއައްޒަފުންނަށް މަސް ފެށުނުއިރުވެސް ޖަމާކޮށްފައި ނުވާކަމަށް މުއާޒްގެ ސިޓީގައި ވިދާޅުވިއެވެ. މިއީ މީގެ ކުރިން ފެނަކަ ދުށް ކަމެއް ނޫންކަމަށްވެސް މުއާޒް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ