ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު-- ފޮޓޯ: ވޮއިސް
ހަބަރު
04 Mar 2024 | 22:55
ފެނަކައިގެ ކުރީގެ މެނޭޖްމެންޓުންނާއި ކުރީގެ ސަރުކާރުން ހިންގާފައި އޮތީ ވަރަަށް ބޮޑު ޖަރީމާއެއް: މުއާޒް

މިދިޔަ ސަރުކާރުންނާއި އޭރު ފެނަކައިގެ މެނޭޖްމަންޓުން ހިންގާފައި އޮތީ ވަރަށް ބޮޑު ޖަރީމާ އެއް ކަމަށް ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ.ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، އޭނާ ފެނަކައާ ހަވާލުވީ 4.3 ބިލިއަން ރުފިޔާގެ ދަރަންޏާ އެކީ ކަމަށެވެ.

މަހެއްގެ މައްޗަށް ފެނަކައަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ ވެރިކަން ބަދަލުވިއިރު ފެނަކައިގައި 8،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އައި ކަމަށާއި، ކޮންމެ މަހަކު މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އެކަނިވެސް 86 މިލިއަން ހަރަދު ކުރަން ޖެހޭ ކަމަށެވެ. އަދި ބާކީ އޮތް އެއްޗަކުން ފެނަކަ ހިންގުމުގެ ހަރަދާއި އެހެނިހެން ހަރަދުވެސް ކުރަން ޖެހޭކަން ވެސް މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، މާކެޓްގައި، 23 މިލިއަން ރުފިޔާއަށް ނިމޭ އޮފީސް އިމާރާތެއް އެޅުމަށް 55 މިލިއަން ރުފިޔާ ޚަރަދުކުރިއިރު އެއިމާރާތުގެ 60 ޕަސެންޓް ނުނިމޭ ކަމަށެވެ. އަދި އިން ހައުސްކޮށް ހިންގި ޕްރޮޖެކްޓްތަކުން ކުރީގެ ސަރުކާރުންނާއި މެނޭޖްމަންޓުން ވެފައިވަނީ ވަރަށް ބޮޑު ހިޔާނާތެއް ކަމަށާއި، މިއީ ވަރަށް ބޮޑު އިހުމާލެއް ކަން ވެސް މުއާޒް ފާހަގަކުރެއްވިއެވެ.

"23 މިލިއަން ރުފިޔާއަށް މާކެޓްގައި ނިމޭ އޮފީސް އިމާރާތެއް 55 މިލިއަން ރުފިޔާ ޚަރަދުކުރިއިރު 60 ޕަސެންޓް ނުނިމޭ. މިއަދުގެ ހާލަތު. އިން ހައުސްކޮށް ހިންގި ޕްރޮޖެކްޓްތަކުން ވަރަަށް ބޮޑު ޖަރީމާއެއް މީގެ ކުރީގެ މެނޭޖްމެންޓުން ކުރީގެ ސަރުކާރުން ހިންގާފައި އޮތީ. މިއީ ވަރަށް ބޮޑު އިހުމާލެއް. ވަރަށް ބޮޑު ހިޔާނާތެއް، ވައްކަމެއް."

މުއާޒް ވިދާޅުވިއެވެ.

މުއާޒް ވަނީ ނިމިދިޔަ 2023 ވަނަ އަހަރު އެކަނިވެސް ދަތުރުފަތުރުގެ ޚަރަދުގެ ގޮތުގައި 117 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށާއި ކޮންމެ އަހަރަކުވެސް އެވަރެޖްކޮށް މި އަދަދު ހުންނަނީ 100 މިލިއަނުގައި ކަން ފާހަގަކުރައްވާފައެވެ.

ފެނަކައޭ ބުނީމަ ރައްޔިތުންނަށް ސިފަ ވަނީ ކޮރަޕްޝަން ކަމަށާއި މިކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް ވެސް މުއާޒް ގެ ވާހަކައިގައި ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅު ތެރޭގައި ވެސް ބައެއް ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވެސް ވަނީ އެންމެ ހާލުގައި އޮތީ ފެނަކަ ކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ