މުއާޒު މުހައްމަދު ރަޝީދު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި/ ފޮޓޯ: ޕީއެސްއެމް
ހަބަރު
09 Dec 2023 | 14:33
އައްޑޫ ޕްލާންޓުގައި މައްސަލަޖެހުނީ މަރާމާތުކުރުމާއި ބެލެހެއްޓުން ދޫކޮށްލާފައި އޮތުމުން: މުއާޒު

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ އާރޯޕްލާންޓުގެ ވީއެފްޑީ ޑްރައިވްގައި މައްސަލަ ޖެހުނު މައިގަނޑު ސަބަބަކީ މަރާމާތު ކުރުމާއި ބެލެހެއްޓުން ކުރިއަށް ގެންދަންވީ ގޮތާއި ގުޅޭގޮތުން އިދާރާތަކުން އަންގާފައިވާ ގޮތަށް ފެނަކައިގެ ކުރީގެ މެނޭޖުމެންޓުން އެ މަސައްކަތްތައް ކޮށްފައި ނުވުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. 

މުއާޒު މިފަދައިން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ އާރޯ ޕްލާންޓަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލުތައް "ވޮއިސް" އަށް ހިއްސާކުރައްވަމުން ނެވެ. 

އޭނާ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މި އަހަރުގެ އޭޕްރީލް މަހުގައި އައްޑޫ ސިޓީގައި ފެނަކައިން ހިންގާ ފެނާއި ނަރުދަމާގެ ނިޒާމުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު، ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަންކަން ޙައްލުކުރަން އަންގާފައިވާ ކަމަށެވެ. 

ރިޕޯޓު ނެތުރުތާ 90 ދުވަސްތެރޭ އެ މައްސަލަތައް މުޅިން ހައްލުކުރުމަށް އެ އޮތޯރިޓީން ވަނީ ފެނަކައަށް އަންގާފަ އެވެ. 

އައްޑޫ ހިތަދޫ ފެނުގެ ނިޒާމާ ގުޅޭ ގޮތުން ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި އާރްއޯ ޕްލާންޓުގައި ހުރި ލީކުތައް މަރާމާތުކުރުމާއި، 2 އާރުއޯ ޕްލާންޓު ބޭނުންކުރަން ފުރިހަމަކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން ހިމެނެއެވެ. 

އޭގެ އިތުރުން އާރްއޯ ޕްލާންޓުގެ ޕެނަލް ކެލިބަރޭޓުކޮށް، ޑިސްޓްރިބިއުޝަން ޕަމްޕުތައް މަރާމާތުކޮށް ޓްރާންސްފާ ޕަމްޕުތަކަށް ބޭނުންވާ ސްޕެއާ ޕާޓުތައް ހޯދައި، ހައި ޕްރެޝާ ޕަމްޕު ބަދަލުކޮށް، ފަޔާ ސޭފްޓީ އާލާތްތައް ހަމަކުރުމަށް ވެސް އެ ރިޕޯޓުގައި ހިމަނާ އޮތޯރިޓީން ވަނީ ފެނަކަ އަށް އަންގާފަ އެވެ. 

އެހެން ނަމަވެސް އާރޯޕްލާންޓުގައި މައްސަލަ ޖެހި، ފެން ކެނޑުމާއި ހަމަޔަށް ވެސް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އަންގާފައިވާ ގޮތަށް އާރޯޕްލާންޓު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައި ނުވާކަމަށް "ވޮއިސް" އަށް މައުލޫމާތުދެއްވަމުން މުއާޒު ވިދާޅުވި އެވެ.

"ނިމިދިޔަ އަހަރު ޔޫޓިލިޓީ އޮތޯރިޓީން އެބަވޭ ރިޕޯޓެއް ނެރެފައި. މައްސަލަތަކާއި، އެކަންކަން ހައްލުކުރަންވީ ގޮތް އަންގާފައިއެބަވޭ. އެހެން ނަމަވެސް ނިމިދިޔަ މެނޭޖުމަންޓުން ނެތް އެ ރިޕޯޓުގައިވާ ކަންކަން ފުރިހަމަކޮށްފައެއް. އަދި މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ކަންކަން އެގޮތަށް ގެންގޮސްފައި ނުވާކަން ވެސް ފާހަގަކުރެވޭ. އަސްލު މައްސަލަ ދިމާވާން ދެމުވެރިވި މައިގަނޑު ސަބަބަކީ މެއިންޓަނެސް ކުރުމުގެ ކަންކަން ގަވައިދާއި އެއްގޮތަށް ގެންގޮސްފައި ނުވުންކަމަށް ދެންނެވިދާނެ. މިހާރު އަޅުގަނޑުމެން މިދަނީ އެ މައްސަލަތައް ހައްލުކުރުމަށް ހުއްޓުމެއްނެތި މަސައްކަތްކުރަމުން"

ފެނަކަ އެމްޑީ މުއާޒު

އާރޯ ޕްލާންޓުގެ ވީއެފްޑީ ޑްރައިވަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ފެން ކެނޑިވައިފަވީ މި މަހުގެ 7 ވަނަ ދުވަހުގައެވެ. 

އެހާ ހިސާބުން އެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ވަނީ ފަށާފައެވެ. 

އެގޮތުން އާރޯޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސާމާނު ރޭގެ ވަގުތެއްގައި އައްޑޫއަށް ވަނީ ގެނެސްފައެވެ.

މާލެއިން ގެންދެވުނު ވީއެފްޑީ ޑްރައިވް ހަރުކުރެވި، ކޮންޓްރޯލް ކޭބަލް ކޮންފިގަރޭޝަން އަދި ސިސްޓަމް ޕްރޮގްރާމިންގެ މަސައްކަތް ރޭ ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ފެން ނުލިބި ލަސްވަނީ ރޭ ގެންދިޔަ ވީއެފްޑީގައި ފޯލްޓެއް ހުރުމުން މަސައްކަތް ނުކުރާތީއެވެ. 

އެކަން ޙައްލުކުރުމަށް އިތުރު ވީއެފްޑީ ޑިވައިސެއް މިއަދު 3:00 ގައި ފުވައްމުލަކަށް ދިއުމަށް ހަމަޖެހިފައިވާ ފްލައިޓުން ގެންދެވޭނެކަމަށް ފެނަކަ އެމްޑީ މުއާޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޑިވައިސް ފޮނުވުމުގެ ކުރިން އިންޖިނިއަރުން ޓެސްޓުކޮށް، މަސައްކަތް ކުރާނެކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން މުއާޒު ވިދާޅުވީ އެ ޑިވައިސް މިއަދުގެ 5:00 ހާއިރު އައްޑޫ ސިޓީއަށް ގެންދެވި، މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އައްޑޫ ސިޓީގެ ފެންކެނޑިފައިވާ ރަށްތަކަށް އަލުން ފެން ފޯރުކޮށްދޭން ފެއްޓޭނެކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ދެ އިންޖެކްޝަން ޖަހައިގެން މަރު ނުވި އެމެރިކާ އަންހެން މީހާ ހޭއަރައިފި
ވިހަ އިންޖެކްޝަން (ލީތަލް އިންޖެކްޝަން) ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ސަލާމަތްވި އެމެރިކާގެ ގައިދީ ކްރިސްޓާ ޕައިކް ހޭއަރައި، މިހާރު ވާހަކަދައްކަން ފަށާފައިވާ ކަމަށް އޭނާގެ ވަކީލުން ހާމަކޮށްފިއެވެ.
07 Oct 2026
ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކޮންމެ ލެކްޗަރަރަކުވެސް ކިޔަވައިދިނުމުގައި މައިގަނޑު ތިން ސުވާލެއް އަބަދުވެސް ހިތުގައި ބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އެއީ: "ދަރިވަރުންނަށް ދަސްވަނީ ކޮން އެއްޗެއްތޯ؟"، "އެކަން އެނގެނީ ކިހިނެއްތޯ؟" އަދި "މިއަށްވުރެ ރަނގަޅަށް ކުރެވޭނީ ކޮން ކަމެއްތޯ؟" އެވެ.
07 Oct 2026
”ތިންމީހުން އަރައިގެން ވަންވޭއާ ޚިލާފަށް ދުއްވީ ވަގަށް ނަގާފައިވާ ސައިކަލެއް“
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސްވެ، މިހާރު އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފައުވާ ކަމަށް ފުލުހުން ބުނެފިއެވެ.
07 Oct 2026
އާ އީޖާދުތަކަށް އަހުލުވެރިކުރުވުމަށް އެމްއެންޔޫ-އެޖް 2026 ސިމްޕޯޒިއަމް ފަށައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އެކަޑަމިކް މުވައްޒަފުންގެ މެދުގައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށާއި، ތަޢުލީމީ ދާއިރާގެ އައު އީޖާދުތައް ޙިއްޞާކުރުމުގެ މަޤްޞަދުގައި ބާއްވާ "އެމްއެންޔޫ-އެޖް 2026" ސިމްޕޯޒިއަމް މިއަދު ފަށައިފިއެވެ.
07 Oct 2026
އަތޮޅުތެރެއިން ވެސް ޢުމްރާވެރިންނަށް ހިލޭ ވެކްސިން ޖެހޭ ގޮތް ހަމަޖައްސައިފި
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންނަށް ނޮވެމްބަރު ޢުމްރާއިން ފެށިގެން އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުން ވެސް ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
07 Oct 2026
މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
އުމުރުން 39 އަހަރުގެ މެސީ ވަނީ މިމެޗްގައިވެސް މޮޅު ކުޅުމެއް ދައްކައި ލަނޑެއް ޖަހައި އަދި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ
07 Oct 2026
އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގާ އިތުރަށް ގޯސްވެ، އަރިދަފުސް އުފެދުން އިތުރުކޮށްދީ، ވައިރަސް ފެތުރުން އަވަސްކޮށްދޭ ކަމެކެވެ. ނަމަވެސް މި ވާހަކަތަކުގައި ސައިންޓިފިކް ނުވަތަ ސިއްހީ އެއްވެސް ހަގީގަތެއް އެބައޮތް ހެއްޔެވެ؟
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.