ހަބަރު
06 May 2024
ތިން ގައުމަކަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުން ދީފި
ތިން ޤައުމަކަށް ކަނޑައެޅި ސަފީރުންނަށް މަޖިލީހުން ރުހުން ދީފިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދޭން ފާސްކޮށްފައިވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރަށާއި، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ އިތުރުން ސަޢުދޫ ޢަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރަށެވެ.
06 May 2024
އެމްއެމްޕީއާރުސީއިން އޭޓީއެމްގައި "ސަނީ ސައިޑް އޮފް ލައިފް" ޕްރޮމޯޓް ކުރަނީ
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް)އިން އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
06 May 2024
ސްކޭމް އެވެއާނަސް ރޯޑްޝޯވ ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި
ސްކޭމްގެ މައްސަލަތައް އިތުރުވާތީ އާއްމުން އެކަމަށް ހޭލުންތެރިކުރުވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސްކޭމް އެވެއާނަސް ރޯޑްޝޯވ ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
06 May 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ފުލުހުން މާލޭގެ ގެޔެއް ބަލާފާސްކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
06 May 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް، 4 ކެޓަގަރީ އަކުން އެވޯޑް
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން މިއަދު ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް (އިންޑިއަން އޯޝަން ކެޓަގަރީ) އިން، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2024 ގައި ދިވެހިރާއްޖެ ޝަރަފުވެރި 4 ކެޓަގަރީއަކުން އެވޯޑް ހާޞިލުކޮށްފިއެވެ.
06 May 2024
ނަޝީދަށް ދިން ބޮމުގެ ހަމަލާގެ އިންކުއަރީ ރިޕޯޓަށް އަމަލުކުރަން ގޮވާލައްވައިފި
ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ތައްޔާރުކުރި އިންކުއަރީ ރިޕޯޓަށް އަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.
06 May 2024
ފުލެޓު ލިސްޓަށް އުނިއިތުރެއް ނުގެނެސް ހަވާލުކުރަން މަޖިލީހުން ފާސްކޮށްފި
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފުލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފުލެޓުތައް ހަވާލުކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
06 May 2024
"ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމަކީ ދިވެހިންގެ ވާޖިބަކަށް ވާންޖެހޭ"
ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބަކަށް ވާންޖެހޭކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.