ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ލިޔުއްވާފައިވާ "ދިވެހިބަސް - ދިވެހީންގެ ޝަރަފު" ފޮތް ނެރުން: ފޮޓޯ/ ވޮއިސް
ހަބަރު
28 Jun 2024 | 18:26
އަޝްރަފް އަލީގެ ''ދިވެހިބަސް، ދިވެހީންގެ ޝަރަފު'' ފޮތް ނެރެފި

ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ލިޔުއްވާފައިވާ "ދިވެހިބަސް - ދިވެހީންގެ ޝަރަފު" ފޮތް ރޭ ނެރެފިއެވެ.

ރޭ ގައުމީ ދާރުލްއާސާރުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މި ފޮތް ނެރެދެއްވާފައިވަނީ، ހަފްލާގެ ޝަރަފްވެރި މެހެމާން، ގައުމީ ޔުނިވަސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީއެވެ.

މިއީ އަޝްރަފް ލިޔުއްވި އެންމެ ފުރަތަމަ ފޮތް ކަމަށްވާއިރު، މި ފޮތަކީ ދިވެހި ބަހާ ބެހޭ ގިނަ މައުލޫމާތު ތަކާއި، އިލްމީ މަޒުމޫނުތަކާއި ދިވެހި ބަހަށް މިހާރު ވަމުންދާ ގޮތާ ގުޅޭގޮތުން އަޝްރަފްގެ ރައުޔު ހިމެނައިގެން އެކުލަވާލެވިފައިވާ ފޮތެވެ. 

މި ފޮތުގައި ދިވެހިބަހުގެ ހަރުދަނާ، ސިޔާސަތުތައް ހިމަނާފައިވާއިރު، މިއީ މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް އެސެސްމެންޓު ހެދުމުގައި ބޭނުންވާ ވަރަށް ގިނަ މައުލޫމާތު ހިމެނިފައިވާ ފޮތެއްކަން ފާހަގަކޮށްލަންޖެހެއެވެ. 

"ދިވެހިބަސް - ދިވެހީންގެ ޝަރަފު" ފޮތް ނެރުމަށް ބޭއްވި ހަފްލާގައި އަޝްރަފް ވާހަކަ ދައްކަވަނީ: ފޮޓޯ/ ވޮއިސް

ފޮތް ނެރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ، ފޮތުގެ މައި މޫތައް ގުޅިފައިވަނީ މަތީ ތައުލީމާ ކަމަށެވެ. އަދި، އޭނާގެ ތަޖުރިބާއާއި، ބަހާއި މެދު ހިތުގައި އުފެދިފައިވާ އެކިއެކި ޝުޢޫރުރުތައް ފޮތުގައި ހިމެނިފައިވާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

މި ފޮތުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ އަޅުގަނޑު. ހަގީގަތުގައި ވެސް އެކި ދުވަސްތައް މަތިން އަޅުގަނޑުގެ ހިތުގައި ދިވެހިބަހަށް އުފެދިފައި ހުރި ޝުއޫރުތަކާއި ވަރަށް ގިނަ ކަންކަމުގެ އަލީގައި އަޅުގަނޑުގެ ހިތަށް އެރި އެއްޗެހި މި ފޮތުގައި ހުންނާނެ

އަޝްރަފް ޢަލީ

އަޝްރަފްގެ "ދިވެހިބަސް، ދިވެހީންގެ ޝަރަފު" މި ފޮތް ވިއްކަނީ 200 ރުފިޔާއަށެވެ.

ކޮމެންޓް
އިއްބެ
އަޝްރަފުޢަލީގެ ހިއްމަތްތެރިއިޚުލާޞްތެރި ބުރަމަސައްކަތްޕުޅަށް އަޅުގަނޑުގެހިތުގެފުންމިނުން ޝުކުރާއިހެޔޮވެދުމާއި އަރިސްކުރަން
28 Jun 2024
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.